މި ކެމްޕޭނާ އެކު ކޮކާކޯލާ އާއި މާވެލްގެ ދުނިޔެ އެއްވެ، ފޭނުންނަށް ތަފާތު އަދި އެ ދުނިޔޭގެ ތެރެއަށް ވަދެވިގެންދާ ފަދަ ތަޖުރިބާއެއް ލިބިގެންދެ އެވެ.
ރާއްޖޭގައި ކުރިއަށްދާ "ކޮކާކޯލާ އެކްސް މާވެލް: ދަ ހީރޯސް" ކެމްޕޭނުގައި މާވެލްގެ 13 ކެރެކްޓަރެއް ދައްކާލާފައިވެ އެވެ.
މީގެތެރޭގައި ކޮކާކޯލާ އާއި ކޮކާކޯލާ ޒީރޯ ޝުގާ ފުޅިތަކާއި ދަޅުތަކުގައި ޑެޑްޕޫލް އާއި ވޮލްވަރިން ފަދަ ފޭނުން އެންމެ ގަޔާވާ ކެރެކްޓަރުތައް ހިމެނެ އެވެ. ޕެކޭޖިންގައި ހުދު، ރަތް އަދި ކަޅު ޓޯންގެ ބެލެންސްއާ އެކު ފާހަގަކޮށްލެވޭ ޑިޒައިންއެއް އެކުލެވިގެންވާއިރު ކޮންމެ އުފެއްދުމަކީވެސް ގޭގައި ހަނދާނަކަށް ބަހައްޓާލެވޭ ފަދަ އެއްޗަކަށް ވެގެންދެ އެވެ.
ރާއްޖޭގައި ތިބި ފަރާތްތަކަށް މި ޚާއްސަ އެޑިޝަންގައި ހިމެނޭ ކިއުއާރު ކޯޑްތައް ސްކޭންކޮށްލުމުން، ފުޅި އާއި ދަޅުގެ ޕެކެއްގައި ހިމެނޭ ކޮންމެ ބަތަލަކަށް ނުވަތަ ވިލަންއަކަށް އެކްސްކްލޫސިވް އޭއާރު އެނިމޭޝަން ތަޖުރިބާތައް ހުޅުވާލެވޭނެ އެވެ. މި އިންޓަރެކްޓިވް ފީޗާގެ ސަބަބުން ފޭނުންނަށް އެމީހުން އެންމެ ގަޔާވާ ކެރެކްޓަރުތަކާ މުޅިން އާ ގޮތަކަށް ގުޅިލާމެހިގެން ގޮސް، މާވެލް ޔުނިވާސްއަށް އިތުރު ދިރުމެއް ގެނެސްދެއެވެ.
ބައެއް ފިހާރަތަކުން ބޮޑު ދެ ފުޅިއެއް ގަންނަ ކޮންމެ ކަސްޓަމަރަކަށް މާވެލް ފްރިޖް މެގްނެޓެއް މުޅިން ހިލޭ ލިބޭއިރު، މިއީ ކެމްޕޭނަށް އިތުރު ފޯރިއެއް ގެނެސްދޭ ކަމެކެވެ.
ސްރީ ލަންކާ އާއި ރާއްޖޭގެ ކަންޓްރީ ޑިރެކްޓަރު ކައުޝާލީ ކުސުމާޕާލާ ވިދާޅުވީ މި ކެމްޕޭނަކީ ގިނަ ބަޔެއްގެ ލޯބި ލިބިފައިވާ ދެ ގްލޯބަލް ބްރޭންޑެއް އެއްވެ، ދިވެހިންނަށް ދޭ ހާއްސަ ފުރުސަތެއް ކަމަށެވެ.
ކޮކާ-ކޯލާއިން އެ ކެމްޕޭނަށް ފުރިހަމަ މާކެޓިން ކެމްޕޭނެއް ހުޅުވާލާނެ އެވެ. އޭގެ ތެރޭގައި ޓީވީ އިޝްތިހާރާއި ފިހާރަތަކުގައި ޖަހާ އިޝްތިހާރުތަކުގެ އިތުރުން، ޝައުގުވެރި ސޯޝަލް މީޑިއާ ކޮންޓެންޓް ހިމެނޭނެ އެވެ.
ޓީވީ އިޝްތިހާރުތަކުން ބެލުންތެރިން ދަތުރުކުރާނީ ކޮކާކޯލާއެއް ހުޅުވުމުގެ ސާދާ އަމަލުން މާވެލް ޔުނިވާސްގެ ގޭޓްވޭއެއް ހުޅުވި، ގުޅުމާއި ފޯރީގެ ފޯރިގަދަ ވަގުތުތަކެއް އުފެދިގެންދާނެ ދުނިޔެއަކަށެވެ.
މި ކެމްޕެއިންއަކީ އުތުރު އެމެރިކާ، ލެޓިން އެމެރިކާ، ޔޫރަޕް، ޗައިނާ، ޖަޕާން، އަދި އޭޝިއާ ޕެސިފިކް ސަރަހައްދު ހިމެނޭ ގޮތަށް 50 އަށް ވުރެ ގިނަ ގައުމު ހިމެނޭ ދުނިޔޭގެ ކެމްޕޭނެއްގެ ބައެކެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މާވެލްގެ ސަޕޯޓަރުން މި ހާއްސަ އެޑިޝަން އުފެއްދުންތައް އެއްކުރަމުން އަންނައިރު، މިހާރު މިއޮތީ ރާއްޖޭގައި ވެސް މި އުފާފާޅުކުރުމުގެ ގޮތުން ބައިވެރިވާންވީ ވަގުތު ކަމަށް ކޮކާ-ކޯލާ ކުންފުނިން ބުންޏެވެ.
ދުނިޔޭގެ އެންމެ މަގުބޫލް އަދި ގިނަ ބައެއްގެ ލޯބި ލިބިފައިވާ އެއް ބްރޭންޑް ކަމަށްވާކޮކާ-ކޯލާ އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކަށް ހިތްހަމަޖެހުމާއިއުފާވެރިކަން ގެނެސްދޭތާ 138 އަހަރު ވަނީ ވެފައެވެ.
ރާއްޖޭގައި ކޮކާކޯލާގެ އުފެއްދުންތައް ބަންދުކުރާ ޕާޓްނަރު ކަމަށްވާ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ދަ ކޮކާ-ކޯލާ ކޮމްޕެނީ އިން ވަނީ ކަރުހިއްކުން ފިލުވާލަދޭ އަދި ރަހަމީރު ތަފާތު ބުއިންތައް ރާއްޖޭގެ މާކެޓަށް ތައާރަފްކޮށްފަ އެވެ.
މީގެ އިތުރުން އާންމުންގެ ދިރިއުޅުން އުޖާލާކޮށްދޭ ފަދަ ހަރަކާތްތަކާއި މަޝްރޫއުތައްވެސް ކޮކާ-ކޯލާ ބްރޭންޑުން ކުރިއަށްގެންދެ އެވެ.