މަސްވެރިންގެ ބޮޑު އާބާދީއެއް އޮންނަ ދުވާފަރަށް ވަރަށް އޮންނަ ނެރު ތިލަވުމުގެ ސަބަބުން އެރަށު ރައްޔިތުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިކަމާއި ގުޅިގެން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުވާފަރު ނެރު ތިލަވުމުގެ ސަބަބުން ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ފަރާތުން ދަނީ މަސައްކަތް ކުރައްވަމުންކަމަށެވެ. އެގޮތުން އެމްޓީސީސީއާ އެކު އެ މަސައްކަތް ވަރަށް ބޮޑަށް ކުރައްވަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
ދުވާފަރުގެ ނެރު ތިލަވުމުގެ ސަބަބުން ރަށަށް ވަދެ ނިކުމެ އުޅުމަށް ވަނީ ދަތިވެފައެވެ. ހާއްސަކޮށް ދިޔަވަރު ހިކު ވަގުތަކުގައި ބައެއް ދޯނިތައް ބީހޭކަމަށް އެރަށު ރައްޔިތުން ވަނީ ބުނެފައެވެ.
ރ. ދުވާފަރަކީ ސުނާމީއަށްްފަހު ކަނދޮޅުދޫގައި އުޅުނު ރައްޔިތުން ބަދަލުކުރި ރަށެވެ.