މި ބަދަލަކީ ލޭންޑް އެންޑް ސާވޭ އޮތޯރިޓީން ކުރަމުންދިޔަ މަސައްކަތްތައް އެއަށްވުރެ ހަރުދަނާ ގޮތެއްގައި ހިންގައި މިހާރަށްވުރެ ހަރަދު ކުޑަކޮށް އެކަން ކުރުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަގުސަދުގައި ކުރި ކަމެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެ އޮތޯރިޓީ އުވާލެއްވުމަށް ފަހު އެތަނުން ކުރަމުން އައި މަސައްކަތްތައް ދެން ކުރާނީ ހައުސިން މިނިސްޓްރީން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ބަދަލު ގެނައީ އެ އޮތޯރިޓީން ކުރަމުން އައި މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ހިންގައި ހަރަދު ކުޑަކުރުމުގެ ގޮތުން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީއަކީ ރާއްޖޭގެ ރަށްރަށާއި ފަޅުތަކާއި ފަރުތަކުގެ ބޭނުން އެންމެ ފައިދާހުރި ގޮތެއްގައި ބޭނުން ހިފޭނެ ގޮތެއް ދެނެގަތުމަށް އުފެއްދި ވަކި އޭޖެންސީ އެކެވެ.