ads
ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ
ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މީހަކު ހައްޔަރުކޮށްފި
މަޑުކުރަން އެންގުމުން މަޑުނުކޮށް ސައިކަލް ދުއްވާފައި ދަނިކޮށް ފުލުހެއްގެ ގައިގައި ޖެހުނު މައްސަލާގައި ޒުވާނަކު ހައްޔަރުކޮށްފިއެވެ.
Advertisement

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މއ. ހިއްތަލަވިލާ އުމުރުން 23 އަހަރުގެ އާދަމް ޒިދާންއެވެ. 

ފުލުހުން ބުނީ މީނާ ހައްޔަރުކުރީ ރޭ ދަންވަރު ރަސްފަންނު ކައިރިން ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ސައިކަލް ދުއްވާފައި ދަނިކޮށް މަޑުކުރަން އެންގުމުން މަޑުނުކޮށް ދާން އުޅުނު މައްސަލައިގައިކަމަށެވެ. އަދި އޭނާ ދުއްވި ސައިކަލް މަޑުނުކޮށް ދާން އުޅުމުގެ ތެރޭގައި ފުލުހެއްގެ ގައިގައި ސައިކަލުން ޖެހިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. 

މި މައްސަލާގައި މީނާ ދުއްވި ސައިކަލް ޓޯކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި މީނާގެ ބަންދުގެ މުއްދަތަށް ގެންދިޔުމުން ފަސްދުވަހުގެ މުއްދަތަށް ބަންދުކުރަން ކޯޓުން އަމުރުނެރެފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

"ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އެއްގަމު އުޅަނދާ ބެހޭ ގަވާއިދަަށް" ޓްރާންސްޕޯޓުން ވަނީ މިދިޔަ ހޯމަދުވަހު އިސްލާހު ކޮށްފައެވެ. އެ އިސްލާހުގައިވާ ގޮތުން  ބާރު ސްޕީޑުގައި ދުއްވައިގެން ދެ ފަހަރަށް ވުރެ ގިނައިން ހިފަހައްޓާފައިވާ އުޅަނދެއް ނަމަ އެ އުޅަނދެއް 15 ދުވަހަށް ޓޯ ކުރާނެއެވެ. އަދި ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ދުއްވައިގެން ހިފަހައްޓާ ވެހިކަލްތައް 30 ދުވަހަށް ޓޯ ކުރާނެއެވެ. މީގެއިތުރުން ލައިސަންސް ނެތި ދުއްވާ އުޅަނދުތައްވެސް 15 ދުވަހަށްް ޓޯ ކުރުމުގެ ބާރު ފުލުހުންނަށް މި ގަވައިދިން ލިބިގެންވެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް