މި ކަމަށް ހާއްސަކޮށްގެން މަޑުއްވަރީ ކައުންސިލް އިދާރާގައި މިއަދު ބޭއްވި އެއްބަސްވުމުގައި މިފްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ވަގުތީ ގޮތުން ކުންފުނި ހިންގުމާ ހަވާލުވެ ހުންނެވި އެ ކުންފުނީގެ ސީއެފްއޯ އިލްޔާސް ހަނީފެވެ. އަދި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މަޑުއްވަރީ ކައުންސިލްގެ ރައީސް މުހައްމަދު ސޯދިގެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މަޑުއްވަރީ ކައުންސިލްގެ ރައީސް ސޯދިހު ވިދާޅުވީ ދެން އެރަށުގެ އައިސް ޕްލާންޓު ބަލަހައްޓާނީ މިފްކޯއިން ކަމަށާއި، އެ މަސައްކަތް ކުރާނެ މުވައްޒަފުންވެސް މިހާރު އެކުންފުނިން ހަމަޖައްސާފައިވާ ކަމުގަ އެވެ.
މަޑުއްވަރީ އައިސް ޕްލާންޓަކީ 2021ވަނަ އަހަރުގެ މަސްވެރީންގެ ދުވަހާ ދިމާކޮށް ހުޅުވައި ޚިދުމަތް ދޭން ދެށިތަނެކެވެ.