ads
ފާތިމަތު ނަދާ،: ފޮޓޯ ގްލެމް ނަދާ އިންސްޓަގްރާމް
ގްލެމް ނާދާ އަތަށް އަނގި ލައްވައިގެން ގަރުދިޔަ ކާ ސަބަބު ކިޔައިދީފި
ފާތިމަތު ނަދާ، (ގްލެމް ނަދާ) އަތައް އަންގިލައިވައިގެން ފޯއްމުލަކުގައި ކައްޓެލި ގަރިދިޔަ ކާ ވީޑިއޯއަކަށް ބައެއް މީހުން މިދޭތެރެއިން ވަރަށް ފާޑުކިއެވެ. ނަމަވެސް، އެ ފާޑުކިއުންތަކަށް ނަދާ ރައްދުދީ އޭނާ އަތައް އަންގިލައްވައިގެން ކައްޓެލި ގަރުދިޔަ ކާ ސަބަބު ކިޔައިދީފިއެވެ.
Advertisement

ސޯސަލް މީޑިއާގައި ވައިރަލްވެފައިވާ ވީޑިއޯއަކުން ފެންނަނީ، ނަދާ އޭނާގެ އާއިލާ ބަޔަކާއެކު ކައްޓެލި ގަރިދިޔަ ކާ މަންޒަރެވެ. އޭނާ ގަރިދިޔައާ ބަތާ ކާން އިންނައިރު އަތައް އޮންނަނީ ޓްރާންސްޕޭރާންޓު އަންގިއެް ލައްވާފައެވެ. 

ބައެއް މީހުން އެއީ "ދިވެހިންނާއި ދުރުގޮތެއް" ކަމަށް ބުނި ނަމަވެސް، ނަދާ ވަނީ އެނާ ގަރުދިޔަ އާކާއިރު އަތައް އަންގިލައްވަންޖެހޭ ސަބަބު ސާފުކޮށްދީފައެވެ. 

"ސާފުތާހިރު ކަމަކީ އަބަދުވެސް އެންމެ އިސްކަންދޭކަން. ކޮންމެ ދުވަހަކު ކްލައިންޓުން ގައިގައި އަތްލައި އެމީހުންނާއި ވަރަށް ކައިރިން ކޮންމެ ދުވަހަކުވެސް މަސައްކަތް ކުރަންޖެހޭ،" އޭނާ ކައްޓެޅި ގަރުދިޔަ ކެއިއިރު އަންގިލައްވައިގެން އިންސަބަބު ސާފުކޮށްމުން އޭނާގެ ދައުރުވަމުން އަންނަ ވީޑިއޯއަށް ކޮމެންޓުކުރަމުން ލިޔެފައިވެއެވެ.

your imageނަދާ: ފޮޓޯ ގްލެމް ނަދާ އިންސްޓަގްރާމް

ފާތިމަތު ނަދާ އަކީ ދިވެހިރާއްޖޭގެ ބިއުޓީ އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ޝަހްޝިއްޔަތެކެވެ. އޭނާ މަޝްހޫރުވެފައިވަނީ ވިޔަފާރިވެރި ރޫހާއި ސެލޫން ހިދުމަތްތަކަށް ގެންނަ އައު އުފެއްދުންތެރި ވިސްނުންތަކުގެ ސަބަބުންނެވެ. އޭނާއަކީ ދިވެހިރާއްޖޭގެ އެންމެ ކުރިއަރާފައިވާ ބިއުޓީ އަދި އެސްތެޓިކް ސެލޫންތަކުގެ ތެރެއިން އެއް ސެލޫންކަމަށްވާ ގްލެމް ސެލޫންގެ ވެރިފަރާތް އަދި މެނޭޖިން ޑިރެކްޓަރެވެ.

އައު ޓްރެންޑްތައް ތަޢާރަފުކުރުން: ނަދާ ބެލެވެނީ ދިވެހިރާއްޖޭގެ ބިއުޓީ އިންޑަސްޓްރީގައި އައު ޓްރެންޑްތައް ތަޢާރަފުކުރާ ފަރާތެއްގެ ގޮތުގައެވެ. އޭނާ ވަނީ ރާއްޖެއަށް ހައި-ފެޝަން ހެއާ، ޕްރޮފެޝަނަލް ނެއިލް ހިދުމަތްތައް، އަދި އެކި ބާވަތުގެ އުފެއްދުންތެރި ފޭޝަލް އަދި ބިއުޓީ ކެއާ ފަރުވާތައް ތައާރަފުކޮށްފައެވެ.

ވިޔަފާރީގެ ދަތުރު: އޭނާގެ ދަތުރު ފެށުނީ ކުޑަ ސެލޫނަކުންނެވެ. އެހެންނަމަވެސް އަހަރުތަކެއް ވަންދެން މަސައްކަތްކޮށްގެން އެ ސެލޫން ބައިނަލްއަޤްވާމީ ފެންވަރުގެ ބޮޑު ވިޔަފާރިއަކަށް ބަދަލުކުރިއެވެ. ދިވެހިރާއްޖޭގެ ބިއުޓީ ކެއާ އިންޑަސްޓްރީ އާ ސިފައެއްގައި ބައްޓަންކުރުމުގައި އޭނާގެ ދައުރު ވަރަށް ބޮޑެވެ.

ބިއުޓީއަށް ކުރާ ލޯބި: ނަދާ ބިއުޓީ އަދި ޑިޒައިންއަށް ކުރާ ލޯބީގެ ސަބަބުން، ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު ނަމަވެސް، މި ދާއިރާއިން ކުރިއެރުން ހޯދުމަށް މަސައްކަތްކުރިއެވެ. އޭނާ ވަނީ އިސްތިސްނާ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށާއި މި ދާއިރާގައި އައު މިންގަނޑުތަކެއް ކަނޑައެޅުމަށް މުހުންމު މަސައްކަތްތަކެއް ކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް