ads
ހުުޅުމާލެ އެކްސިޑެންޓާއި ގުޅިގެން ހައްޔަރު ކުރި ތިން މީހުން - ފޮޓޯ: ޕޮލިސް
ރޭސް ކާރު އެކްސިޑެންޓް، ތިން މީހުނަށް ދައުވާކުރަނީ
ބާރު ސުޕީޑުގައި ދުއްވާފައި ދިޔަ ކާރެއް، ސައިކަލެއްގައި ޖެހި މިދިޔަ ޖުލައިމަހު ހިނގި އެކްސިޑެންޓުގައި ހިމެނޭ ތިން މީހެއްގެ މައްޗަށް ދައުވާކުރަން ފުލުހުން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.
Advertisement

ހުޅުމާލެ ވިނަރެސް އެޕާޓްމަންޓް ކައިރީ މިދިޔަ ޖުލައިމަހުގެ 31 ވަނަ ދުވަހު ހިނގި އެކްސިޑެންޓާއި ގުޅިގެން ދައިވާކުރަން ފޮނުވި މައްސަލަ ޕީޖީ އޮފީހުން ބަލައިގެންފައިވާކަށް ފުލުހުން ބުނެއެވެ. މި މައްސަލާގައި ދައުވާކުރަނީ ކާރު ދުއްވަން އިން މީހާގެ އިތުރުން އެކާރުގެ ދެން ތިބި ދެ މީހުންނަށެވެ. 

ދައުވާކުރަން ފޮނުވި މީހުން

  • އިބްރާހިމް އިކްރާމް / މ. ލޭންޑް އޮފް ގާޑަން ( ކާރު ދުއްވަން އިން މީހާ ) 
  • އިކްރާމް އަބްދުއްރަހުމާން / ހ. ނޫރަންމާގެއާގެ  
  • ޖިނާހް އިސްމާޢިލް / ގއ.ކަނޑުހުޅުދޫ، އާޒާދުގެ

މި ތިން މީހުންވެސް އެކްސިޑެންޓްވުމުން ކާރު ދޫކޮށްލުމަށްފަހު އެ ސަރަހައްދުން ފިލައިގެން ދިޔައެވެ. ފުލުހުން މި މީހުން ހައްޔަރުކުރީ އެދުވަހު އިރުއޮއްސެނިކޮށް ކޯޓް އަމުރެއްގެ ދަށުންނެވެ. 

މި މައްސަލާގައި ހިމެނޭ އިބްރާހިމް އިކްރާމް ޝަރީއަތް ނިމެންދެން ބަންދު ޖަހާފައިވަނިކޮށް ތަހުގީގު މަރުހަލާގައި ފުލުހުން ހެދި ގޯސްތަކެއްގެ ސަބަބުން އޭނާ ހައިކޯޓުން މިނިވަން ކުރިއެވެ. ދެވަނަ ފަހަރަށްް ފުލުހުން އޭނާ ހައްޔަރުކުރުމުން ކޯޓުން ބަންދަށް ޖަހާދީފައިވަނީ 30 ދުވަހެއެވެ. 

އިކްރާމް މިނިވަން ވުމުގައި ގޯދސް ހެދިބައެއް ބަލާ އެކަމުގައި އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަޅު އަޅާނެކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވަނީ ވިދާޅުވެފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް