ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވީ އައްޑޫ ޕޯޓް ތަރައްގީ ކުރަން ގެންގުޅޭ ވިސްނުން ބަދަލު ކުރަން ޖެހިފައިވާކަމަށެވެ. އެގޮތުން މިހާރު އެ ބަނދަރަށް ގެންނަ ކުޑަ މުދާކޮޅުން ހިންގަން އުނދާގޫވާނެކަަންް ފާހަގަކުރައްވަމުން ވަޖީހް ވިދާޅުވީ އެމްޕީއެލްގެ ފުރަތަމަ ވިސްނުމަކީ އައްޑޫ ޕޯޓް ސަރަހައްދު އިތުރަށް ހިއްކާ ބޮޑުކުރުންކަމަށެވެ. އަދި އެ ބަނދަރުގައި ފްރީޒޯން ހަދައި އިންޓަނޭޝަލް ސީފުޑް ހަބެއް ތަރައްގީކުރަން ވިސްނާކަމަށް ވަޖީހް ވިދާޅުވިއެވެ.
19 އަހަރުވެފައިވާ އައްޑޫ ޕޯޓަށް ގެންނަ ބަދަލުތަކުގެ ތެރޭގައި އެތަނަކީ ސެކަންޑް ހޭންޑް ވެހިކަލް ރާއްޖެ އެތެރެކޮށް ބޭނުންވާ ދުނިޔޭގެ މާކެޓުތަކަށް އެތަކެތި އެކްސްޕޯޓް ކުރެވޭނެ ވަސީލަތްތައް ގާއިމުކުރުމަކީވެސް އެމްޕީއެލްގެ ވިސްނުމެއް ކަމަށް ވަޖީހް ވިދާޅުވިއެވެ.
ވަޖީހް ވިދާޅުވީ އެފްރިކާގެ މާކެޓުތަކުގައި ސެކަންޑް ހޭންޑް ވެހިކަލްގެ 20 ބިލިއަން ޑޮލަރުގެ ވެހިކަލް ރޯލްކުރާކަމަށެެވެ. އެހެންކަމުން މި ބަދަލުތައް ޕޯޓަށްް ގެނައުމުން ގެނައުމުން ޖަޕާނު ފަދަ ދުނިޔޭގެ ސެކަންޑް ހޭންޑް ވެހިކަލް ފޯރުކޮށްދޭ މާކެޓުތަކުން ވެހިކަލް ރާއްޖެ އެތެރެކޮށް އެސެމްބަލްކޮށް އެ ބޭނުންވާ މާކެޓުތަކަށް ފޮނުވުމުގެ ފުރުސަތު ފަހިވެގެންދާނެކަން ވަޖީހް ފާހަގަކުރެއްވިއެވެ.