ads
ރަސްފަންނު ސަރަހައްދު. އެ ސަރަހައްދުގައި ކިސަޑު އުފެދި އެ ނަގައިދޭނެ ބަޔަކު ހޯދަނީ. ފޮޓޯ: ސީއެންއެމް
ރަސްފަނުގައި މޫދުގައި ކިސަޑު އުފެދި އެ ނަގާނެ ބަޔަކު ހޯދަނީ
ރަސްފަންނު މޫދަށް އެރޭސަހައްދުގައި ކިސަޑު އުފެދިފައިވާތީ އެ ކިސަޑުތައް ނަގާދެނޜޭ ބަޔަކު ހޯދުމަށް މާލޭ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.
Advertisement

މާލޭ ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލުން ބަލަހައްޓަމުން އަންނަ ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދުގެ 500 އަކަ މީޓަރު ސަރަހައްދުގައި ކިސަޑު ޖަމާވެފައިވާކަމަށެވެ. އަދި އެ ސަރަހައްދުގައި އެއް ފޫޓުގެ ފުންމިނަށް ކިސަޑު ޖަމާވެފައިވާކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ. 

ސިޓީ ކައުންސިލުން ބުނީ މި ކިސަޑުތައް ނަގަން ބޭނުންވާކަމަށެވެ. ކިސަޑުތައް ނެގުމުގެ އިތުރުން ރަސްފަންނު ބީޗު ސަރަހައްދަށް ވެލި އަޅަން ބޭނުންވާކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.  

އެހެންކަމުން މިކަން ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށައެޅުމަށްް ސިޓީ ކައުންސިލުން ވަނީ ފުރުސަތު ހުޅުވާލާފައެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 26 ވަނަދުވަހުގެ 13:00 ކުރިން އަންދާސީ ހިސާބު ހުށައެޅޭނެކަަމަށް ސިޓީ ކައުންސިލުން ބުނެއެވެ. 

ކައުންސިލުން ބުނީ އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް ، އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށްކަމަަށެވެ. 

ރަސްފަންނު ހެދި ފަހުން ދޭތެރެ ދޭތެރެއިން އެތަން ގިރައިގެން ދާތީ ވެލި އަޅަން ޖެހެއެވެ. މީގެކުރިންވެސް އެތައް ފަހަރަު އެތަނަށް ވެލި އަޅާފައިވެއެވެ. މާފަންނު ކޮޅު ހިއްކާ ރަސްފަންނު އެ ސަރަހައްދުގައި ހެދޭ ރައީސް ޔާމީންގެ ވެރިކަމުގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް