ads
ކޮމަންވެލްތު ގޭމްސް ފެޑެރޭޝަންގެ ރައީސް ރާއްޖެ ވަޑައިގެންނެވުން
ކޮމަންވެލްތު ގޭމްސް ފެޑެރޭޝަންގެ ރައީސް ރާއްޖެ ވަޑައިގެންފި
ރާއްޖޭގައި ބާއްވަން ނިންމާފައިވާ ކޮމަންވެލްތު ގޭމްސް ފެޑެރޭޝަންގެ އޯޝެނިއާ އާއި އޭޝިއާ ސަރަހައްދުގެ ބައްދަލުވުމަށް، ކޮމަންވެލްތު ގޭމްސް ފެޑެރޭޝަންގެ ރައީސް، ކްރިސް ޖެންކިން ރާއްޖެ ވަޑައިގެންފިއެވެ.
Advertisement

ކޮމަންވެލްތު ގޭމްސް ފެޑެރޭޝަންގެ އޯޝެނިއާ އާއި އޭޝިއާ ސަރަހައްދުގެ ބައްދަލުވުން ކުރިއަށްދާނީ މި މަހުގެ 22 އަދި 23 ވަނަ ދުވަހުއެވެ. މިބައްދަލުވުމަށް ކޮމަންވެލްތު ގޭމްސް ފެޑެރޭޝަންގެ ރައީސް، ކްރިސް ޖެންކިންގެ އަރިހުގައި ކޮމަންވެލްތް ގޭމްސް ފެޑެރޭޝަންގެ ސީއީއޯ ކެޓީ ސެޑްލިއާވެސް ރާއްޖެ ވަޑައިގެންނެވިއެވެ.

މިއީ އޭޝިއާގައި މި ބައްދަލުވުން ކުރިއަށްދާ ފުރަތަމަ ފަހަރެވެ. މި ބައްދަލުވުމުގައި 21 ގައުމުގެ އޮފިޝަލުން ބައިވެރިވާނެ ކަމަށް އޮލިމްޕިކް ކޮމިޓީން ވަނީ ބުނެފަ އެވެ. ކޮމަންވެލްތު ގޭމްސް ފެޑެރޭޝަންގެ އޯޝެނިއާ އާއި އޭޝިއާ ސަރަހައްދުގެ ބައްދަލުވުން ކުރިއަށްދާނީ ކްރޮސްރޯޑްސް ރިސޯޓުގައެވެ.

ރާއްޖޭން 1986 ވަނަ އަހަރުން ފެށިގެން މި ގޭމްސްގައި ބައިވެރިވަމުން އައި ނަމަވެސް، 2016 ވަނަ އަހަރު ކޮމަންވެލްތުން ވަކިވާން ނިންމުމާއެކު، އެ ގޭމްސްގެ ފުރުސަތު ރާއްޖެއަށް ގެއްލުނެވެ. 2018 ވަނަ އަހަރު އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓުގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި ރާއްޖެ ވާދަނުކުރެއެވެ. ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުނުކަން ރަސްމީކޮށް 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު އިއުލާންކުރިއިރު، ރާއްޖޭން ވަނީ 2022 ވަނަ އަހަރު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި ވާދަކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް