ads
ފުލުސް މީހާ ގައިގައި ސައިކަލުން ޖައްސާފައި ފިލި ޒުވާނާ
ފުލުހެއްގެ ގައިގައި ސައިކަލުން ޖައްސާ ފިލި މީހަކު ހައްޔަރުކޮށްފި
ބާރު ސްޕީޑުގައި ސައިކަލުގައި ދުއްވާފައި ދަނިކޮށް ފުލުހުން މަޑުކުރަން އެންގުމުން މަޑުނުކޮށް ފުލުސް މީހާގެ ގައިގަައި ސައިކަލުން ޖެއްސުމަށްފަހު ފިލައިގެން ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.
Advertisement

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ޅ. ކުރެންދޫ / މަގުމަތީގެ އުމުރުން 24 އަހަރުގެ އަލީ ސަމާހް މުހައްމަދެވެ. އޭނާ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ. 

ފުލުހުން ބުނީ މީނާ ހައްޔަރުކުރީ ހެންވޭރު ދަނޑު ކައިރިން މިދިޔަ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ބާރު ސްޕީޑުގައި ސައިކަލު ދުއްވާފައި ދަނިކޮށް މަޑުކުރަން ފުލުހުން އެންގުމުން، ފުލުސް މީހާގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު ފިލައިގެން ދިޔުމުންނެވެ. 

މީނާގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހާދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. 

ދާދި ފަހުން ހިނހި ދެ އެކްސިޑެންޓެއްގައި 45 ގަޑިއިރުގެ ތެރޭގައި ދެ ޒުވާނަކު މަރުވުން ފުލުހުން ވަނީ މަގުމަތީ 24 ގަޑިއިރު ފޯރިމަރަން ފަށާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް