ސާފް ޗެމްޕިއަންޝިޕް 17 އަހަރުން ދަށުގެ މުބާރާތް އޮންނަނީ ބޫޓާންގައެވެ. މާދަމާ ބޫޓާންގައި ފެށޭ މި މުބާރާތުގައި ވާދަކުރާ ދިވެހި ޓީމު މިހާރު ތިބީ ބޫޓާންގައެވެ.
މިއަދު، ނޫސްވެރިންނާ ބައްދަލުކޮށް ޓީމުގެ ކޯޗު ބުނީ، ދިވެހި ޓީމު އޮތީ މި މުބާރާތަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި، ދިވެހިން ފަހުރުވެރިވާނެ ފަދަ ނަތީޖާއެއް ނެރެން ބޭނުން ކަމަށެވެ.
މާދަމާ މުބާރާތް ފަށާއިރު، މުބާރާތުގައި ދިވެހި ޓީމު ކުޅޭ ފުރަތަމަ މެޗުގައި އާދިއްތަ ދުވަހު ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. ރާއްޖެ ހިމެނޭ ގްރޫޕުގައި ބަންގްލަދޭޝްގެ އިތުރުން ދެ ހިމެނެނީ އިންޑިޔާއެވެ. އެހެންކަމުން ރާއްޖެއަށް ލައްވާލާފައި މިއޮތީ ވަރުގަދަ ގްރޫޕެކެވެ.
ސާފް ޗެމްޕިއަންޝިޕް 17 އަހަރުން ދަށުގެ މުބާރާތުގެ އަނެއް ގްރޫޕުގައި ހިމެނެނީ ނޭޕާލް، ބޫޓާން އަދި ޕާކިސްތާނާއި ސްރީ ލަންކާއެވެ.