ads
ލަންކާ އިންތިހާބާއި ގުޅިގެން ދިވެހިން ސަމާލުވާން އެދިއްޖެ
އަންނަ ހޮނިހިރު ދުވަހު ބާއްވާ ސްރީލަންކާގެ ރިޔާސީ އިންތިހާބާ ގުޅިގެން، އެ ގައުމުގައި ދިރިއުޅޭ ދިވެހިން ސަމާލުވާން ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން އިލްތިމާސްކޮށްފި އެވެ.
Advertisement

ލަންކާގައި އުޅޭ ދިވެހިންނަށް އެމްބަސީން ފޮނުވާފައިވާ މެސެޖެއްގައި ބުނީ، ލަންކާގެ ރިޔާސީ އިންތިހާބާ ގުޅިގެން ކަމާއި ބެހޭ އިދާރާތަކުން އެގައުމުގައި ފިޔަވަޅުތައް ވަރުގަދަކޮށްފައިވާކަމަށެވެ. އެހެންކަމުން އެކަންކަމަށް ދިވެހިު ސަމާލުވުމަށް އެމްބަސީން ވަނީ އެދިފަ އެވެ. 

އެގޮތުން ގިނަ މީހުން ޖަމާވާތަންތަނަށް ނުދިޔުމާއި ގައިން ބޭރަށްދާއިރު ކާކުކަން އެނގޭ ލިޔުމެއް ގެންދިޔުމަށް އެމްބަސީން ވަނީ އެދިފަ އެވެ.

މީގެއިތުރުން ވޯޓުލާ މަރުކަޒުތައް ކައިރިއަށް ނުދިޔުމަށާއި ދަންވަރުގެ ގަޑިތަކުގައި ބޭރުގައި ނޫޅުމަށްވެސް އެމްބަސީން ވަނީ އިލްތިމާސްކޮށްފައެވެ. ކުރިޔަށް އޮތް ހަފުތާ ބަންދު ދުވަސްތަކަށް ވިސްނާ، ވިސާއާ ގުޅުން ހުރި ކަންކަން ހަމަޖެއްސުމަށް އެމްބަސީން ވަނީ އެދިފަ އެވެ.

ފަސް އަހަރުގެ ދައުރަކަށް އާ ރައީސަކު އިންތިހާބު ކުރުމަށް 17 މިލިއަނަށް ވުރެ ގިނަ މީހުން ހޮނިހިރު ދުވަހު ވޯޓުލާއިރު، މިއީ ބޭރު ފައިސާގެ ރިޒާވް ވަރަށް ބޮޑަށް ދަށްވެ، އިގުތިސާދީ ގޮތުން މުޅި ގައުމު އިނދަޖެހުނު ފަހުން ލަންކާގައި ބާއްވާ ފުރަތަމަ އިންތިހާބެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ހަމަޖެހިފައިވާ ސްރީ ލަންކާގެ ރިޔާސީ އިންތިހާބަށް 48 ގަޑިއިރަށްވުމުން އިންތިހާބަށް ކެމްޕޭނު ކުރުން މިހާރު ވަނީ ނިންމައިލައިފަ އެވެ.

މި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް 38 ބޭފުޅަކު ނަން ހުށަހަޅުއްވާފައިވާ ކަމަށް އެ ގައުމުގެ އިލެކްޓޮރަލް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މިފަހަރު ލަންކާގައި ރިޔާސީ ކެންޑިޑޭޓުންގެ އަދަދު އެހެން އެއްވެސް ފަހަރަކަށްވުރެ ގިނަ އެވެ. އެންމެ ފަހުން 2019 ވަނަ އަހަރު އޮތް އިންތިހާބުގައި ވެސް ވާދަކުރެއްވީ 35 ކެންޑިޑޭޓެކެވެ.

ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރޭގައި މިހާރުގެ ރައީސް ރަނިލް ވިކްރެމަސިންހާ ވެސް ހިމެނެ އެވެ. ޖުލައި 2022 ގައި ރަނިލް ލަންކާގެ ރައީސް ކަމަށް ހަމަޖެއްސީ ގާނޫނު ހަދާ މަޖިލީހުންނެވެ. އެއީ އޭރު ވެރިކަމުގައި ހުންނެވި ގޮޓާބެ ރާޖަޕަކްސަ، އިގްތިސާދީ މައްސަލަތަކާ ހެދި ގައުމުގައި އުފެދުނު ބޮޑު ހަމަނުޖެހުމުގައި އިސްތިއުފާ ދެއްވުމުން އޭނާގެ ދައުރުގެ ބާކީ ބައި ފުރިހަމަކުރުމަށެވެ.

ރަނިލްގެ އިތުރުން، ކުރީގެ ރައީސް އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް