އެންމެ ފަހުގެ ޗެމްޕިއަން ޑީޖޭއޭ ކަޓުވާލައި ސެމީން ފުރުސަތު ހޯދި ކުޅިވަރު ވުޒާރާ ފައިނަލަށް ދިޔައީ، ސެމީގައި ޖެންޑާ މިނިސްޓްރީގެ ބަދަހި ޓީމު ބަލިކޮށްގެނެވެ. ފޯރިގަދަ މި މެޗުން ކުޅިވަރު ވުޒާރާ މޮޅުވީ ހަ ލަނޑު ދެ ލަނޑުންނެވެ.
ފައިނަލްގެ ފަހު ޖާގަ، އެންމެ ފަހުގެ ރަނަރަޕް ޕީޖީ އޮފީސް ކަޓުވާލައި ހޯދީ އެމްއެމްއޭއިންނެވެ. އެމްއެމްއޭ- ޕީޖީ މެޗުން އެމްއެމްއޭ މޮޅުވީ ދެ ލަނޑު އެއް ލަނޑުންނެވެ.
ކްލަބް މޯލްޑިވްސް ކަޕް ކްލެސިކްގެ ފައިނަލް ކުޅޭނީ ހޮނިހިރު ދުވަހުގެ ރޭއެވެ. އެންމެ ފަހުގެ ޗެމްޕިއަން އަދި ރަނަރަޕްވެސް ކަޓާފައިވުމުން މި ފަހަރު ފައިނަލްގައި ކުޅޭނީ މުޅިން އާ ދެ ޓީމެވެ.