ads
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު
ހުރިހާ އަތޮޅެއްގައި އައިޑީކާޑާއި ޕާސްޕޯޓް ހަދަން މިދައުރުގައި ފަށާނެ: އާދަމް ޝަރީފް
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީކާޑާއި ޕާސްޕޯޓް ހެދުމާއި ދޫކުރުމުގެ މަސައްކަތް މި ދައުރުގައި ފަށާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
Advertisement

އާދަމް ޝަރީފް މިހެން ވިދާޅުވެފައި މިވަނީ އިއްޔެ ގއ. ވިލިގިނލީގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ޕްރިންޓްކޮށް ދޫކުރަން ފެށުމާއި ގުޅުވައެވެ. 

ގއ. ވިލިގިނލީގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީކާޑު ޕްރިންޓް ކުރަން ފެށުމުން މީ މާލެ ފިޔަވައި އެހެން ރަށެއްގައި އައިޑީކާޑް ޕްރިންޓްކުރަން ފެށި ފުރަތަމަ ފަހަރެވެ. 

ވަޒީރު އާދަމް ޝަރީފު ވިދާޅުވީ އައިޑީ ކާޑާއި ޕާސްޕޯޓް ފަދަ މާލެއިން ލިބޭ ހިދުމަތްތައް ރަށްރަށުން ލިބޭނެ ގޮތް ހެދުމަށް ރައީސް ޑރ. މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދަވަމުން ގެންދަވާކަމަށެވެ. އަދި ގއ. ވިލިގިނލީގައި އައިޑީ ކާޑް ހަދަން ފެށުމަކީ އެކަމުގެ ހެއްކެއް ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ. 

ވަޒީރު ވިދާޅުވީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީކާޑާއި ޕާސްޕޯޓް ހެދުމާއި ދޫކުރުމުގެ މަސައްކަތް މި ދައުރުގައި ފެށޭނެކަމަށެވެ. އަދި މިކަމް ކުރުމަށް އަތޮޅުތަކުން ޝައުގުވެރިކަން ފާޅުކުރަމުން އަންނަކަން ފާހަގަކުރައްވަމުން އާދަމް ޝަރީފު ވިދާޅުވީ މިކަމުން ސަރުކާރާއި ކައުންސިލްތައް ގުޅުފައިވާކަން ހާމަވާކަމަށެވެ. 

" މިކަމުން ހާމަވަނީ ސަރުކާރާއި ކައުންސިލްތަކުން ގުޅިގެން މަސައްކަތް ކުރެވޭނެ މާހައުލެއް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އުފައްދާފައިވާކަން. އަދި ރާއްޖޭގައި މަލްޓި ޕާޓީ ޑިމޮކްރަސީ ހަރުދަނާ ވަމުން އަންނަކަން." އެކްސްގައި އާދަމް ޝަރީފު ލިޔުއްވާފައިވެއެވެ.

2022 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ކޮންމެ ތާކު ހުރެވެސް އައީޑީ ކާޑަށް ހުށައެޅޭނެ ގޮތް ވަނީ ޑީއެންއާރު ހަމަޖައްސާފައެވެ. އެކަމަށް އެދެންޖެހެނީ ޑީއެންއާރުގެ ހާއްސަ ޕޯޓަލް "ނާރެސް" މެދުވެރިކޮށެވެ.

"ނާރެސް" މެދުވެރިކޮށް ކައުންސިލްތަކަށް އައިޑީކާޑްގެ ސްޓޭޓަސް ބެލުމާއި މާލެއެކޭ އެއްފަދައިން އައިޑީ ކާޑް ދޫކުރުން އަދި އެޕްލިކޭޝަންތައް ބަލައިގަތުމަށް ހިދުމަތް ލިބިގެންދާނެއެވެ. ހަމަ އެއާއެކު ކޮންމެ ކައުންސިލަކަށް 10 އިނގިލީގެ ނިޝާން ނަގާ ފިންގާ ޕްރިންޓް ޑިވައިސްތަކެއްވެސް ހަވާލުކުރެވޭނެކަމަށް ޑީއެންއާރުން ބުނެއެވެ.

އުމުރުން 65 އަހަރުން މަތީގެ މީހުންގެ އައިޑީކާޑު މުއްދަތު ހަމަނުވާނެ ގޮތަށް ބަދަލުކޮށް ދާއިމީ އައިޑީކާޑެއް ދިނުމަށް ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނުން ވަނީ ނިންމާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް