ads
މޯލްޑިވްސް ކޮލިފިކޭޝަންސް އަތޯރިޓީ (އެމްކިއުއޭ) -- ފޮޓޯ: އެމްކިޔުއޭ
ދިވެއްސަކު ވަގު ސެޓްފިކެޓެއް ބޭރު ޔުނިވާސިޓިއަކަށް، މައްސަލަ ބަލަނީ
ދިވެއްސަކު ބޭރުގެ ޔުނިވާސިޓީއަކަށް ހުށައެޅި ސެޓިފިކެޓަކާއި މެދު ސުވާލު އުފެދިގެން ބެލުމުން އެއީ ފޯޖުކޮށްފައިވާ އެއްޗެއްކަން އެނގިގެން އެ މައްސަލަ ބަލަން ފަށައިފިއެވެ.
Advertisement

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ބުނީ މި މައްސަލަ ފެންމަތިވީ ދިވެއްސަކު ބޭރުގެ ޔުނިވާސިޓީއަކަށްް ހުށައެޅި ސެޓްފިކެޓަކާއި މެދު ޝައްކު އުފެދިގެން އެ ޔުނިވާސިޓީން އެކަން ޔަގީންކުރަން ރާއްޖެއަށް ހުށައެޅުމުންކަމަށެވެ. 

އެގޮތުން ބޭރުގެ ޔުނިވާސިޓީން ޝައްކު އުފެދުނު ސެޓެފިކެޓްގެ ޔަގީންކަން ބެލުމަށް ހުށައެޅި ރާއްޖެއިން އެ ސެޓެފިކެޓް ދިންކަމަށްް ބުނާ ކޮލެޖަށެވެ. އަދި އެތަނުން ބެލިބެލުން އެއީ ފޯޖުކޮށްފައިވާ އެއްޗެއްކަން އެނގުމުން އެ މައްސަލަ އެމްކިއުއޭއަށްް ހުށައެޅީކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ. އެހެންކަމުން މި މައްސަލަ ފުލުހުންނަށް ހުށައެޅުމަށް ތައްޔާރުވަމުން އަންނަކަމަށް އެމްކިއުއޭއިން ބުނެއެވެ. 

ރާއްޖޭގެ ކޮލެޖްތަކާއި ޔުނިވާސިޓޫން ދޫކުރާ ސެޓްފިކެޓްތަކުގެ ޔަގީންކަން ކަށަވަރުކުރުމަށް ބޭރުގެ ކޮލެޖުތަކާއި ޔުނިވާސިޓީތަކުން އާއްމުކޮށް ހުށަނާޅާކަމަށާއި މީ މިފަދަ މައްސަލައެއް ދިމާވި ފުރަތަމަ ފަހަރުކަމަށްވެސް އެމްކިއުއޭއިން ބުނެއެވެ.

ވަގު ސެޓްފިކެޓެއްގެ މައްސަލަ އަނެއްކާވެސް ފެންމަތިވިއިރު މީގެ ކުރިންވެސް މިކަހަލަ މައްސަލައެއް ފެންމަތިވެ ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް