ads
ބިދޭސީންތައް އަތުލައިގެން ކޮޓަރި
ކުޑަކޮޓަރި ގަނޑެއްގައި އުޅުނު ބިދޭސީންތަކެއް އަތުލައިފި
ކުޑަކޮޑަ ކޮޓަރި ގަނޑެއްގައި ތޮއްޖެހިގެން ދިރިއުޅެމުން ދިޔަ ބިދޭސިންތަކެއް އަތުލައިގެންފިއެވެ.
Advertisement

އިމިގްރޭޝަނުން ބުނީ މި މީހުން އަތުލައިގަތީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އެކުލަވާލާފައިވާ ޓާސްކު ފޯސް އަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި ރެއިޑެއްގައެވެ. 

އިމިގްރޭޝަނުން ބުނީ މި މީހުން އަތުލައިގަތީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާގޮތަށް ބިދޭސީން ދިރިއުޅެމުން މި ތަނުން 5 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި މި މީހުން ތޮއްޖެހިގެން އުޅެމުން ދިޔައީ ހެންވޭރުގައި ހުރި ގެއެއްގައިކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން އާއްމުކޮށްފައިވާ ފޮޓޯތަކަށް ބަލާއިރު މި މީހުން އުޅެމުދިޔައީ ވަރަށް ކުޑަ ތަންކޮޅެއްގައެވެ. ނިދަން ދެ ބުރި އެނދުވެސް ހަދާފައި ހުރީ ފިލައި  އަަޅައިގެންނެވެ. އަދި އެނދަށް އަރަން ބޭނުންކުރަން ހަދާފައި ހުރި ހަރު ގަނޑުވެސް ހުރީ އައްސާފައެވެ. 

your imageބިދޭސީން އުޅެމުން ދިޔަ ތަންތަން 

މާލޭގައި އެކި ތަންތާ ތޮއްޖެހިގެން އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ އަދަދު މިހާރު 100 އިން މައްޗަށް އަރާނެކަަމަށް ބެލެވެއެވެ. ކުދި ކުދި ތަންކޮޅުގައި އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް އިމިގްރޭޝަނުން ފެށީ ހެންވޭރުގައި 50 ވުރެ ގިނަ ބިދޭސީން އުޅުނު ދޫހިމެރިގޭގެ އިމާރާތެއްގައި ރޯވެ އަނދާ ހުލިވުމުގެ ހާދިސާއަށް ފަހުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް