ads
ހުޅުމާލޭ ފަޅު ތެރެ ކުނިން ފުރި ބަލާލަން ނުކެރޭ!
ދުނިޔެއަށް ނުރައްކާތެރި ބަލިމަޑުކަމެއް މިވަނީ ފޯރާފަ އެވެ. ކޮވިޑް-19 ގެ މި ބިރުވެރި ބަލިމަޑުކަން ދުނިޔޭގެ ހުރިހާ ބައްރަކަށް ފޯރައި، މިހާރު ރާއްޖެއަށް ވެސް ވަނީ އައިސްފަ އެވެ. މިދަނޑިވަޅުގައި ސިއްހީ މާހިރުން އެއް އަޑަކުން ގޮވަމުންދަނީ ސާފު ތާހިރުކަން އިސްކުރުމަށެވެ. މި ބަލިމަޑުކަމުން އަރައިގަނެވޭނީ ފަރުދީ ޒިންމާ އަދާކުރެވިގެން ކަމެވެ.

އެކަމަކު މި އަޑުތައް ދިވެހިންނަށް އިވޭހެނެއް ހިއެއް ނުވެ އެވެ. ސޯޝަލް މީޑިއާގައި ކޮންމެ މީހަކު ވެސް އެމީހަކުހާ ފަރުދީ ޒިންމާ އަދާކުރާ މީހަކު ނެތްކަން ދައްކަން މަސައްކަތް ކުރިޔަސް ހަގީގަތުގައި ފެންނަ މަންޒަރުތަކުން މިކަން ގަބޫލުކުރަން ދައްޗެވެ. 

ހުޅުމާލޭ ފެރީ ޓާމިނަލް ކައިރީ މޫދުން ފެނިގެންދަނީ އެފަދަ މަންޒަރެކެވެ. ހުސް ޕްލާސްޓިކް ފުޅިއާއި ތަފާތު އެކި ބާވަތްތަކުގެ ޕްލާސްޓިކް ކުނިން މުޅި ފަޅު ތެރޭގެ ރީތިކަން އޮތީ ގެއްލުވާލާފަ އެވެ. 

މިފަހަކަށް އައިސް މި މަންޒަރަކީ އާންމު މަންޒަރަކަށް ވެއްޖެ އެވެ. ކޮންމެވެސް ބައެއްގެ ނޭދެވޭ އަމަލުތަކެއްގެ ސަބަބުން ރާއްޖޭގެ މި ރީތިކަމަށް އެކަމުގެ އަސަރު އެބަ ކުރެ އެވެ. 

ފަތުރުވެރިންގެ ލޯތައް ރާއްޖެއަށް ހުއްޓޭ އެންމެ ބޮޑު އެއް ސަބަބެއްގެ ގޮތުގައި ވެސް ފާހަގަކުރެވެނީ ރާއްޖޭގެ ރީީތި މޫދެވެ. ރާއްޖޭގެ ކަނޑު އަޑީގެ ފީނާލާއި މި ހިތްގައިމުކަން ދެކިލުމަށް އެތައް ބަޔަކު ފައިސާ އެއްކޮށްގެން ރާއްޖެ އަންނައިރު އަހަރެމެން ދިވެހިންނަށް ލިބިފައިވާ މި ގުދުރަތީ ރީތިކަމަށް ޝުކުރުވެރިވުމުގެ ބަދަލުގައި ފެނިގެން މިދަނީ ވަރަށް ނޭދެވޭ ކަންތައްތަކެކެވެ. 

މިދަނޑިވަޅަކީ ބޮޑު ބަލިމަޑުކަމެއް ބޯމަތިވެފައިވާ ވަގުތެއްކަމުން ވެސް ގޭތެރެއެކޭ އެއްގޮތަށް ވަށައިގެންވާ ވެށީގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ވެސް މަސައްކަތް ކުރަން ޖެހެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް