މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވީ ބަންކަރިން ހިދުމަތް ފެށުމުން ރާއްޖޭގެ އިގްތިސާދު ފުޅާވެ، ގައުމީ ތަރައްގީގެ ގިނަ ކަންކަމުގެ ބިންގާ އެޅިގެންދާނެ ކަމަށެވެ. އަދި މި ހިދުމަތުގެ ސަބަބުން ބަވަނަވެފައިވާ ދުނިޔޭގައި ވިޔަފާރީގެ ގުޅުންތަކާއި އުކުޅުތަކާއި ހުނަރުތައް ރާއްޖެއަށް ދަސްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ އުތުރުގައި ބަންކަރިންގެ ހިދުމަތް ދޭނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގުޅިގެންނެވެ. މި ހިދުމަތަށް އެސްޓީއޯއިން މިހާރު ވަނީ ދެ ބޯޓު ގެނެސްފައެވެ. އެސްޓީއޯއިން ބޯޓުތަކަށް ތެލުގެ ހިދުމަތްދޭއިރު، އެމްޕީއެލުން ހިދުމަތްދޭނީ ސީދާ ބޯޓުތަކަށް ބޭނުންވާ އެހެނިހެން ކަންކަމުގައެވެ.