ads
ފުލުހުން މަގުމަތި ބަލަހައްޓަނީ
7 މަސް ދުވަހު ރާއްޖޭން ބޭރުގައި ފިލައިގެން އުޅުނު ޒުވާނަކު ހައްޔަރުކޮށްފި
މާރާމާރީ ހިންގުމުގެ ތުހުމަތުގައި ފުލުހުން ހޯދަމުންދިޔަ 19 އަހަރުގެ ޒުވާނަކު، ފިލައިގެން އުޅޭތާ ހަތް މަސް ފަހުން އޭނާ ހޯދައި ހައްޔަރުކޮށްފިއެވެ.
Advertisement

މި ޒުވާނާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ކްރިމިނަލް ކޯޓުގެ އަމުރެއްގައިވާ ގޮތުން، މާލެއަށް ނިސްބަތްވާ މި ޒުވާނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ގުރޫޕު ހަދައިގެން މާރާމާރީ ހިންގުމާއި އަމަން ނަގާލުމެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ކުށުގެ ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅައިފައިވާ ކަމަށް އަމުރުގައި ބަޔާންކޮށްފައިވެއެވެ. މީގެ ތެރޭގައި ސީސީޓީވީ ފުޓެޖްގެ ސްނެޕްޝޮޓާއި ހާދިސާ ހިނގި މަންޒަރު ފެނުނު މީހުންގެ ބަޔާން ހިމެނެއެވެ.

ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ޒުވާނާ ހުރި ގައުމުން އޭނާ ހައްޔަރުކޮށް ވަނީ ޑީޕޯޓުކޮށްލައިފައެވެ. ކޯޓުން ނިންމާފައިވަނީ ތަހުގީގު މަރުހަލާ ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށެވެ. މިއީ އޭނާއަކީ ފިލުމުގެ ނުރައްކާ މަތީ ދަރަޖައަށް އޮތް މީހެއް ކަމަށާއި، މުޖުތަމައުއަށް ނުރައްކަލެއް އޮތް ކަމަށް ބެލެވޭތީއެވެ.

މި މައްސަލައަކީ ގިނަ ބައެއް ހިމެނިގެން ހިންގި މާރާމާރީއެއް ކަމަށާއި، މި ޒުވާނާއަކީ އަމަލީ ގޮތުން މިކަމުގައި ބައިވެރިވި ފަރާތެއް ކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް