ads
ވީއައިއޭގައި ފްލައިޓުތަކެއް: ފޮޓޯ:ވީއައިއޭ
އެއާޕޯޓް ޓެކުހުގެ އާމްދަނީ 143 މިލިއަން ރުފިޔާ އިތުރުވެއްޖެ
މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އެއާޕޯޓް ޓެކުހުގެ ގޮތުގައި ދައުލަތަށް 1.5 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 143 މިލިއަން ރުފިޔާގެ ބޮޑު ކުރިއެރުމެކެވެ.
Advertisement

މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް އެއާޕޯޓް ޓެކުހާއި ފީން ލިބިފައިވަނީ 1.3 ބިލިއަން ރުފިޔާއެވެ. މިއަހަރު މި އަދަދު 1.5 ބިލިއަނަށް އަރާފައިވުމުން، އެއާޕޯޓް ޓެކުހުގެ އާމްދަނީ ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ.

2022 ވަނަ އަހަރުގެ އޭޕްރިލް މަހު ގާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން، އެއާޕޯޓް ސާވިސް ޗާޖް އުވާލުމަށްފަހު ޑިޕާޗާ ޓެކްސް ނަގަން ފަށައި، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ރޭޓަށް ބަދަލު ގެނެވިފައިވެއެވެ. މި ބަދަލުތަކާއެކު، ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތައް މި ޓެކުހާއި ފީން އިސްތިސްނާވާނެކަމަށްވެސް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފަތުރުވެރިކަމުގެ ސިނާއަތް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޝްތިހާރު ކުރުމުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އަހަރެއް އަހަރަކަށް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން ދައުލަތަށް ޓެކުހާއި ފީގެ ގޮތުގައި ވަންނަ އަދަދާއި، އިގްތިސާދަށް އެތެރެވާ ޑޮލަރުގެ މިންވަރު އިތުރުވަމުންދާކަން މި ތަފާސްހިސާބުތަކުން ދައްކައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް