13 އަހަރުން ދަށުގެ ގްރޫޕް ތިނެއްގައި ވާދަކޮށް، ލައިބާ ވަނީ ކަޒަކިއްތާނުގެ ކުޅުންތެރިޔާ ދެ ސެޓުން ބަލިކޮށްފައެވެ. އެއީ ދެ ސެޓުވެސް 15-21 ންނެވެ. އޭގެ ކުރިން އެލީވަނީ ތުރުކީން މުބާރާތަށް އައި އެ ގައުމުން، ތިން ވަނަ އަށް ރޭންކްކޮށްފައިވާ އެލީޝާ ލަޝިން އަތުން ކުއާޓާ ފައިނަލްގައި މޮޅުވެފައެވެ. އެއީ 21-16، 21-15 އިންނެވެ.
އެލީވަނީ އަޒަރުބައިޖާނުން ދެ ވަނަ އަށް ރޭންކްކޮށްފައިވާ، ބަނޫ އިބްރަހިމްލީ އަތުންވެސް މޮޅުވެފައެވެ. އެ މެޗުން ލައިބާ މޮޅުވީ، 2-1 ސެޓުންނެވެ. ސެޓުތައް ދިޔައީ، 18-21، 21-18 އަދި 12-21 އިންނެވެ.
ބައިނަލްއަގުވާމީ ބެޑްމިންޓަން މުބާރާތުގައި ވާދަކޮށް، ލައިބާ ވަނީ މީގެ ކުރިން ގިނަ މެޑަލްތަކެއް ހޯދައިފަ އެވެ.