ads
ޒާރާ އަދި ސަން ޝިޔާމްގެ މޮރޮކޯ އަނބިކަބަލުން
ޒާރާކަ އިންތިޒާރުގައި ހުއްޓައި ސަން ސިޔާމްގެ މޮރޮކޯ އަނބިކަނބަލުން ވިހައިފި
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި ނަން މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) އާއި މޮރޮކޯއަށް ނިސްބަތްވާ އޭނާގެ އަނބިކަނބަލުންނަށް އެއްމާބަނޑު ދެ ފިރިހެން ކުދިން ލިބިއްޖެއެވެ.
Advertisement

ބައެއް މީޑިއާތަކުން ހާމަކުރި ގޮތުގައި ސިޔާމްގެ އަނބިކަނބަލުން ވިހާފައިވަނީ މީގެ ދިހަވަރަކަށް ދުވަސް ކުރިން ދުބާއީގައެވެ. މިއީ މި ކައިވެންޏަށް އެ ދެ މަފިރިންނަށް ދަރިން ލިބުނު ފުރަތަމަ ފަހަރެވެ.

ސިޔާމް އާއި މޮރޮކޯއަށް ނިސްބަތްވާ އަނބިކަނބަލުން ކައިވެނި ކުރީ 2019 ގެ ކުރީކޮޅުގައެވެ. ކައިވެނި ރަސްމިއްޔާތު ބޭއްވީ ސަން ސިޔާމްގެ ރިސޯޓެއް ކަމަށްވާ އިރުފުށި ރިސޯޓުގައެވެ. އޭގެ ފަހުން މޮރޮކޯގައި ވެސް ވަނީ ކުލަގަދަ ކައިވެނި ހަފްލާއެއް ބާއްވާފައެވެ.

މީގެކުރިން ކޮށްފައިވާ ކައިވެނިތަކަށް ސިޔާމްގެ އިތުރު ދަރިން ތިބިކަން ފާހަގަކޮށްލެވެއެވެ. އަދި މިހާރު ސިޔާމް އަންނަނީ އޭނާގެ ހަތަރުވަނަ ކައިވެންޏަކަށް ތައްޔާރުވަމުންނެވެ. 

އެ ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ ބ. ކަމަދޫއަށް ނިސްބަތްވާ ޒާރާއާ އެކުގައެވެ. މި ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދިހަ ވަނަ ދުވަހުއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް