ads
ލަންކާގެ އިލެކްޝަން މައި އޮފީސް
ލަންކާގައި ވޯޓުލާން ނުކުތް މީހުންގެ އަަދަދު 13 ވަރަކަށް ޕަސަންޓު ދަށަށް ގޮސްފި
މިއަދު ސިރީލަންކާގައި ކުރިއަށްދާ ރިޔާސީ އިންތިހާބުގައި ވޯޓުލާން ނުކުތް މީހުންގެ އަދަދު 2019 ވަނަ އަހަރު ވޯޓުލާން ނުކުތް އަދަދާއި އަޅައިބަލާއިއިރު 13 ވަރަކަށް ޕަސަންޓު ދަށްކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
Advertisement

ސްރީލަންކާގެ 10 ވަނަ ރައީސް ހޮވުމަށް މިއަދު ވޯޓުލުން ކުރިއަށްދިޔައެވެ. 70 ޕަސަންޓު މީހުން ވޯޓުލާން ނުކުތްކަމަށް ތަފާސް ވަގުތީ ހިސާބުތަކުން ދައްކައެވެ. ނަމަވެވެސް ސިރީލަންކާގެ އިލެކްޝަންސް ކޮމިޝަނުގެ ޑިރެކްޓާ ޖެނެރަލް ސަމަން ސްރީ ރަތްނާޔަކަ މިރޭ ވިދާޅުވީ މި އިންތިހާބުގައި ވޯޓުލި މީހުންގެ އަދަދު 75 އިންސައްތައަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. މިއީ 2019 ގެ ނޮވެމްބަރުގައި ބޭއްވުނު އިންތިހާބަށްވުރެ ދަށް އަދަދެކެވެ. އޭރު ވޯޓުލި މީހުންގެ އަދަދަކީ 83 އިންސައްތައެވެ.

މިއީ 2022 ގައި ދިމާވި އިޤްތިސާދީ ހީނަރުކަމަށްފަހު ބޭއްވުނު ފުރަތަމަ އިންތިހާބެވެ. މި އިންތިހާބުގައި، މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންގެ އާއި، ޖޭވީޕީގެ އަނުރަ ކުމާރަ ދިސަނާޔަކެ އަދި އެސްޖޭބީ ޕާޓީގެ ސަޖިތު ޕްރެމަދާސަ ވާދަކުރައްވައެވެ. ވޯޓުކުން ކުރިއަށް ދިޔައީ މިއަދު ހަވީރު 18:00 އާއި ހަމައަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް