ads
ފޮޓޯ: ދިވެހި މަސްވެރިން ޝަޓާ ސްޓޮކް
ލޮނުފެނުން މަސް ފިނިކުރުމުގެ މަޝްރޫއު މުރާޖާކޮށް އެޕްލިކޭޝަނަށް ހުޅުވާލައިފި
މަސްވެރިން ބާނާ މަސް ތާޒާކަން މަތީ ގިނަ ވަގުތު ބެހެއްޓޭނެ އިންތިޒާމް ފަހިކޮށްދިނުމުގެ ގޮތުންނާއި މަސްވެރިކަމުގެ ފަހި މޫސުމުގައި އައިސް ނުލިބުމުގެ ސަބަބުން މަސް ފިނިކުރުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދީ މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށް ލޮނުފެނުން މަސް ފިނުކުރާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއު އަލުން މުރާގާކޮަށް އެޕްލިކޭޝަން ބަަލައިގަތުމަށް ހުޅުވާލާފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
Advertisement

މި މަޝްރުއުގެ ދަށުން ހިމެނޭ މުހިއްމު ކަންކަމުގެ ތެރޭގައި 2 މިލިއަންއާ ހަަމައަށް ފައިނޭންސް ހަަމަޖެހިގެން ދާނެކަމަށާއި އާރްއެސްޑަބްލިއު ސިސްޓަމާއެކު ޖަނަރޭޓަރާއި ސޯލާ ޕީވީ ގަނެވޭނެގޮތަށް ހަަޖެހިފައިއޮންނާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑްއެއް ލިބޭއިރު 10 އހަރު ދުވަހަށް ބަހާލައިގެން ލޯނު ދެއްކޭގޮތަށް ހަަމަޖެހިފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

އޭގެއިތުރުން ގަންނަ ތަކެތީގެ އަގު 35 އިންސައްތަ ދައްކަން ނުޖެހި ޑިސްކައުންޓް ލިބިގެންދާކަަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. އަދި އަމިއްލައަށް ނުވަަތަ އެސްޑީއެފްސީގައި ރަޖިސްޓްރީކޮށްފައިވާ ވެންޑަރެއް މެދުވެރިކޮށް އެ ފެސިލިޓީ ބޭނުން ކުރެވޭނެކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. 

މި ލޯނު މަޝަރޫއު އަލުން ހުޅުވާލެވެނީ މަސްވެރިންގެ ބޭނުންތަކަށް ވަރަށް ބޮޑަށް ރިއާޔަތްކޮށް ލޯނުގެ ބޭނުން ކުރެވޭނެ ގިނަ ކަަންކަން ހިމަނައިގެންނާއި އަދި ލޯނު ދެއްކުމަށް ލުއިފަސޭހަތަކެއް ދިނުމަށް މަސްވެރިންނަށް ދަތިވެފައިވާކަންކަން ހައްލުކުރުމަށް ހާއްސަ އިސްކަމެއް ދީގެންކަަމަށް ފިޝަރީޒް މިނިސްޓްރީން ފާހަގަކުރެއެވެ.

"ގެނެވުނު އެންމެ ބޮޑު ލުޔަކީ މަޝްރުއުގެ ދަށުން ދޫކުރާ ލޯނުގެ ދަށުުން ގަންނަ ތަކެތީގެ އަގުގެ 35 އިންސައްތަ ޑިސްކައުންޓްކުރުމަށް ސަރުކާރުން ނިންމުން" ފިޝަރީޒަ މިނިސްޓްރީން ބުނެއެވެ.

ލޮނުފެނުން މަސް ފިނިކުރާ ނިޒާމު(އާރްއެސްޑަބްލިއު ސިސްޓަމް)، ޖެނެރޭޓާ ސެޓް އަދި ސޯލާ ޕީވީ ސިސްޓަމް ގަތުމަށް މަޝްރޫއުގެ ދަށުން ލޯނު ފައިސާ ދޫކުރެވޭނެ ކަމަަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މިދިޔަ އަހަރު އިފްތިތާހުކުރެވުނު މަސްދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމްކުރުމުގެ މަޝްރޫއަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާއި ލައިވްސް އެންޑް ލައިވްލީ ހުޑް ފަންޑުގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް