ads
ލަންކާގެ ރިޔާސީ އިންތިހާބުގައި ކުރި ހޯއްދަވާފައިވާ އަނޫރާ ކުމާރަ ޑިސެނަޔަކަ. -- ފޮޓޯ: އޭއެފްޕީ
ޕްރިފަރެންސް ވޯޓުތަކުން ވެސް ކުރިހޯދާ ލަންކާގެ ރިޔާސީ އިންތިހާބު އަނޫރާ ކަށަވަރު ކޮށްފި
ޕްރިފަރެންސް ވޯޓުތަކުން ވެސް ކުރިހޯދާ ސްރީ ލަންކާގެ ރިޔާސީ އިންތިހާބު އަނޫރާ ކުމާރަ ޑިސެނަޔަކަ ކާމިޔާބު ކުރައްވައިފި އެވެ.
Advertisement

އިއްޔެ ބޭއްވި އިންތިހާބުން މިހާތަނަށް ގުނާފައިވާ ވޯޓުން ދައްކާ ގޮތުގައި އެންމެ ގިނަ ވޯޓު ހޯއްދަވައިފައިވަނީ ނެޝަނަލް ޕީޕަލްސް ޕާޓީ (އެންޕީޕީ) އެލަޔަންސްގެ ކެންޑިޑޭޓް އަނޫރާ ކުމާރަ ޑިސަނަޔަކަ އެވެ. އޭނާއަށް ލިބިފައިވަނީ 39.45 ޕަސެންޓު ވޯޓު ކަމަށްވާއިރު، އޭނާއާ އެންމެ ގާތުން ވާދަކުރައްވާ ސަޖިތު ޕްރަމަދާސައަށް ލިބިފައި ވަނީ 34.32 ޕަސެންޓެވެ.

އެ އިންތިހާބުގައި 38 ކެންޑިޑޭޓުން ވާދަކޮށްފައިވާއިރު، ދެވަނަ ބުރުގައި ގުނާއިރު ބަލާނީ ޑިސަނަޔަކަ އާއި ޕްރަމަދާސައަށް ވޯޓު ދީފައިވާ މިންވަރަށެވެ.

ދެވަނަ ބުރުގައި ވޯޓު ގުނާއިރު ބަލާނީ، އެންމެ ކަމުދާ ކެންޑިޑޭޓުގެ ގޮތުގައި އެހެން ކެންޑިޑޭޓުން ހިޔާރުކޮށްފައިވާ ވޯޓު ކަރުދާސްތަކުގައި ދެވަނައަށް ނުވަތަ ތިންވަނައަށް އެންމެ ކަމުދާ ކެންޑިޑޭޓުގެ ގޮތުގައި ޑިސަނަޔަކަ ނުވަތަ ޕްރަމަދާސަ ހިޔާރުކޮށްފައިވޭތޯ އެވެ. އެގޮތުން ހިޔާރުކޮށްފައިވާ ނަމަ އެއީ އެ ކެންޑިޑޭޓަކަށް ލިބޭ ވޯޓެއްގެ ގޮތުގައި ގުނާނެ އެވެ.

އިންތިހާބުގައި ކުރި ލިބިވަޑައިގަންނަވައި, ރައީސް ކަމުގެ މަގާމަށް އިންތިހާބުވާނީ އޭގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ވޯޓު ކާމިޔާބު ކުރައްވާ ކެނޑިޑޭޓެކެވެ. އެ ކެނޑިޑޭޓަކީ މި ފަހަރު ދިސާނަޔަކަ އެވެ.

އެގޮތަށް ވޯޓު ގުނުމަށް ފަހު ލަންކާގެ އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ޑިސަނަޔަކަ ކަން އިއުލާންކޮށްފަ އެވެ. އަދި މާދަމާ އޭނާ ވެރިކަމުގެ ހުވާކުރައްވާނެ ކަމަށް ބައެއް ރިޕޯޓުތަކުގައިވެއެވެ.

އޭނާ ވެގެން ދާނީ ލަންކާގެ ނުވަ ވަނަ ރައީސަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް