ރުބީނާ ދިލައިކްގެ ޕޮޑްކާސްޓެއްގައި ވާހަކަދައްކަމުން ސަނާ ބުނީ، ރާއްޖޭގައި އޭނާ އަބާޔާ ލައިގެން ހުރި ފޮޓޯތައް ފެނުމުން، ގިނަ މުސްލިމު އަންހެނުންނަށް ރާއްޖެއަށް ދަތުރުކޮށް އަބާޔާ ލައިގެން އުޅެވިދާނެކަމުގެ ހިތްވަރު ލިބުނު ކަމަށެވެ.
ސަނާ އިތުރަށް ބުނީ، އޭނާގެ ފޮޓޯތައް ފެނުމަށްފަހު ގިނަ އާއިލާތަކުން ރާއްޖެއަށް ގޮސް އަބާޔާ ލައިގެން އުޅުނު ކަމަށެވެ. އަދި އަބާޔާ ލައިގެން ސްނޯކަލިންއަށް ދިއުމާއި ޓޭބަލް ޓެނިސް ކުޅުނު ވާހަކަވެސް އޭނާ ބުންޏެވެ.
ނަމަވެސް ބައެއް މީހުން އޭނާ އަބާޔާ ލައިގެން އުޅުނު ގޮތާމެދު ސުވާލު އުފެއްދި ކަމަށާއި، އެކަމަކު އެފަދަ ފާޑުކިޔުންތަކަށް ރައްދު ނުދޭން ނިންމި ކަމަށް ސަނާ ބުންޏެވެ.
ސަނާ ޚާން ވަނީ 2020 ގައި ފިލްމީ ދުނިޔެ ދޫކޮށްކޮށްލައިފައެވެ. އަދި މިދިޔަ ޖުލައި މަހު ފިރިހެން ދަރިއަކު އޭނާއަށް ވަނީ ލިބިފައެވެ.