ads
ލަންކާ
ލަންކާގެ އާ ރައީސް އަނޫރާ "ކުޑަ" ރަސްމިއްޔާތެއްގައި ހުވައިކުރައްވައިފި
ލަންކާގެ އިންތިހާބީ ރައީސް އަނޫރާ ކުމާރަ ޑިސާނަޔަކަ މިއަދު ހެނދުނު މަގާމުގެ ހުވައިކުރައްވައިފި އެވެ.
Advertisement

ކުލަގަަދަ ނުކޮށް "ކުޑަ" ރަސްމިއްޔާތެއްގައި އަނޫރާ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވީ އަނޫރާގެ "ހަރަދު ކުޑަ ސަރުކާރު" ދެއްކުމުގެ ވައުދުގެ ދަށުން ކަމަށް ބެލެވެ އެވެ. 

ގާނޫނު ހަދާ މަޖިލީހުގައި މިއަދު ހެދުނު ބޭއްވި އާދައިގެ ރަސްމިއްޔާތެއްގައި ހުވާ ކުރެއްވި އަނޫރާ ވެގެންދާނީ ލަންކާގެ ނުވަ ވަނަ ރައީސް އަށެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ގައުމާ މުހާތަބު ކުރައްވައި އަނޫރާ ދެއްކެވި ވާހަކަތަކުގައި ސަރުކާރު ހިންގުން ހަރުދަނާ ކުރެއްވުމަށް އެހެން ޕާޓީތަކަށް ދައުވަތު ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އަނޫރާ ލަންކާގެ ރައީސްކަމާ ހަވާލުވެވަޑައިގެން ހަތަރު މެމްބަރުންގެ ކެބިނެޓެއް އެކުލަވާލައްވާނެ ކަމަށް ވެސް ލަންކާގެ ނޫސްތަކުން ރިޕޯޓް ކުރެ އެވެ. 

އަނޫރާ ވަނީ ވެރިކަން ލިބިވަޑައިގަތުމުން، ގާނޫނު ހަދާ މަޖިލިސް އުވާލައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އެއީ ގައުމުގެ ހުރިހާ ކަމެއް އަލުން، ސާފުކޮށް ފެށުމަށް ކުރަންޖެހޭ ކަމެކެވެ. 

ގާނޫނު ހަދާ މަޖިލިސް އުވާލަނީ ސަރުކާރަށް އެއްބާލުން ހޯދުމަށް މެމްބަރުން އިތުރު ކުރުމަށް ކަމަށް ބެލެވެ އެވެ.

ނެޝަނަލް ޕީޕަލްސް ޕަވަ (އެންޕީޕީ) އިއްތިހާދުގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރެއްވި އަނޫރާ އަށް ތާއީދު އިތުރުވާން ފެށީ އިގްތިސާދީ ހީނަރުކަމުގެ ފަހުން، އޭނާގެ، ކޮރަޕްޝަނާ ދެކޮޅު އަދި ފަގީީރުންނަށް އެހީވުުގެ ސިޔާސަތުތަކުގެ ވާހަކަ އާ އެކުގަ އެވެ.

އިގްތިސާދީ ތަދުމަޑުކަމުގެ ތެރޭގައި އެތައް މިލިއަން ރައްޔިތުންނެއް ތިބި އިރު އަނޫރާ މި ހަވާލުވެ ވަޑައިގަންނަވަނީ އެ ހީނަރުކަމުން އަރައިގަތުމަށް މަސައްކަތް ކުރާ ގައުމަކާއި ދަތި ދިރިއުޅުން ބަދަލު ކުރަން ބޭނުންވެފައިވާ އެތައް މިލިއަން ރައްޔިތުންނަކާ އެވެ.

އަނޫރާ ރިޔާސީ އިންތިހާބު އަނޫރާ ކާމިޔާބު ކުރެއްވީ ޕްރިފެރެންޝަލް ވޯޓުތަކާއެކު ޖުމުލަ 5.74 މިލިއަން ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި ސަޖިތު ޕްރެމަޑާސާއަށް ލިބިވަޑައިގެންނެވީ 4.5 މިލިއަން ވޯޓެވެ.

ލަންކާގެ ރައީސްކަމަށް އަނޫރާ ޑިސެނަޔަކެ އިންތިހާބުވުން ވެގެންދިޔައީ ގިނަ ބަޔަކަށް ހައިރާންކަން ލިބިގެންދިޔަ ކަމަކަށެވެ. އިންތިހާބު އޭނާ ކާމިޔާބު ކުރައްވާނެ ކަމަށް ކުރިން ގިނަ ބަޔަކު ގަބޫލު ނުކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް