ޖޯޖިއާގެ ބަޓުމީގައި ކުރިއަށްދާ، ބަޓުމީ ކަޕް - ޔޫތު އިންޓަނޭޝަނަލް މުބާރާތުގެ 13 އަހަރުން ދަށުގެ މުބާރާތުން އެލޯ ހޯދި ދެ މެޑަލްއަކީ ސިންގަލްސް އިވެންޓުން ހޯދި ލޯ މެޑަލް އަދި ޑަބަލްސް އިވެންޓުން ހޯދި ރިހި މެޑަލްއެވެ. ޑަބަލްސް އިވެންޓުގައި ލައިބާގެ ޕެއާ ޕާޓްނަރަކީ ސިންގަލްސް ސެމީ ފައިނަލްގައި ވާދަކުރި އަރްމޭނިއާގެ އަނިތާ އާޒުމަންޔަން އެވެ.
ސިންގަލްސް އިވެންޓުގެ ސެމީ ފައިނަލްގައި އާދިއްތަ ދުވަހު ލައިބާ ވަނީ ކުޅެފަ އެވެ. އަރްމޭނިއާގެ 13 އަހަރުން ދަށުގެ އެއް ވަނަ ކުޅުންތެރިޔާ އަނިތާ އާޒުމަންޔަންއާ ވާދަކޮށް ލައިބާ ބަލިވީ ސީދާ ދެ ސެޓުންނެވެ. އެއީ ފުރަތަމަ ސެޓު 25-23 އަދި ދެ ވަނަ ސެޓު 21-13 އިންނެވެ.