ރިވައިވަލްއިން ދެ މުބާރާތަކަށް ޔުގެންޑާއަށް
ސްޕޯޓްސް ޓީމް
24 ސެޕްޓެމްބަރ 2024 - 19:56:04
ބެޑްމިންޓަނުގައި ރާއްޖޭން އެންމެ ފާހަގަކޮށްލެވޭ ކްލަބު، ރިވައިވަލް ސްޕޯޓްސް ކްލަބުން ޔޫގާންޑާގައި ކުރިއަށްދާ ބައިނަލްއަގުވާމީ ދެ މުބާރާތެއްގައި ކުޅެން ފުރައިފި އެވެ.
ރިވައިވަލްއިން ބައިވެރިވާ ޔޫގާންޑާގައި އޮންނަ ދެ މުބާރާތަކީ މި މަހުގެ 26-29 އަށް ކުރިއަށްދާ ކެމްޕާލާ އިންޓަނޭޝަނަލް އާއި އަންނަ މަހުގެ 3-6 އަށް ކުރިއަށްދާ ޔޫގާންޑާ އިންޓަނޭޝަނަލް ސީރީސްއެވެ.
މި ދެ މުބާރާތުގައި ކުޅޭނީ ޒަޔާން ޒަކީ، ނިބާލް އަހުމަދު އަދި ހަސަން ޒަޔާން މުހައްމަދުގެ އިތުރުން އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) އެވެ. ނަބާ އާއި ނަބީ، ވާދަކުރާނީ އިންޓަނޭޝަނަލް ސީރީސްގަ އެވެ.
ކެމްޕާލާ މުބާރާތުގައި ފިރިހެން ސިންގަލްސް ބައިގައި، ހަސަން ޒަޔާން އާއި ޒަޔާން ޒަކީ އަދި ނިބާލް ވާދަކުރާއިރު، ޑަބަލްސްގައި ނިބާލް އާއި ޒަޔާންގެ ޕެއާ ކުޅޭނެ އެވެ. އަދި، ޔޫގާންޑާ ސީރީސް މުބާރާތުގައި، ފިރިހެން އިވެންޓްތަކުގެ އިތުރުން، އަންހެން ސިންގަލްސް އާއި އަންހެން ޑަބަލްސް އަދި މިކްސް ޑަބަލްސްގައި ވެސް ވާދަކުރާނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް