ads
އުމަރު ނަސީރު---
ރާއްޖޭގައި ގާނޫނުތައް ހުންނަނީ ހިރަފުސް އަރުވަން ބަހައްޓާފަ: އުމަރު
ރާއްޖޭގައި ހެދިފައި ހުރި ގާނޫނުތަކަކީ މުހިންމު އެއްޗެއް ނޫން ކަމަށާއި އެ ގާނޫނު ތަކަކީ ތަންފީޒުނުކޮށް މަތާރަން ފިލާމަތީގައި ހިރަފުސް އަރުވަން ބަހައްޓާފައި ހުރި ގާނޫނުތަކެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
Advertisement

"ސީއެންއެމް" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އުމަރު ނަސީރު ވިދާޅުވީ އެއްވެސް ގާނޫނެއް މުހިންމު ނޫންކަމަށާއި އަދި އެއްވެސް ގާނޫނެއް ހެދުމަށްވެސް ތާއީދު ނުކުރާކަމަށެވެ.

މިކަމުގެ ސަބަބެއްގެ ގޮތުގައި އުމަރު ވިދާޅުވީ ރާއްޖޭގައި މިހާރުވެސް ހެދިފައި ގިނަ ގާނޫނުތަކެއް ފޮތްފޮތުގައި ލިޔެ ބަހައްޓާފައި އެބަ ހުރިކަމަށާއި، ގާނޫނުތައް ހުރީ މަތާރަން މަތީ، ފިލާތައްމަތީ ހިރަފުސް އަރުވަން ބަހައްޓާފައި ކަމަށެވެ. އަދި އޭގެ އެވެސް ގާނޫނަކަށް އަމަލު ނުކުރާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކަންމިހެން ހުރި އިރު، މިރާއްޖެއަށް މުހިންމީ ގާނޫނެއް ހެދުން މުހިންމު ނޫންކަމަށާއި މުހިންމީ ހެދިފައި ހުރި ގާނޫނުތަކަށް އަމަލުކޮށް އެ ގާނޫތައް ތަންފީޒުކުރުންކަމަށް އުމަރު ވިދާޅުވި އެވެ.

"އެއްވެސް ގާނޫނެއް ހެދުން މުހިންމެއް ނޫން. އަދި އެކަމަށް ތާއީދެއްވެސް ނުކުރަން. މިހާރުވެސް ހެދިފައި ގިނަ ގާނޫނުތަކެއް ފޮތްފޮތުގައި ލިޔެ ބަހައްޓާފައި ހުރީ. މަތާރަން މަތީ، ފިލާތައްމަތީ ހިރަފުސް އަރުވަން ބަހައްޓާފަ ހުރީ. އޭގެ އެވެސް ގާނޫނަކަށް އަމަލު ނުކުރޭ." ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު، ސޯސަލް ކޮންޓްރެކްޓް ގާނޫނެއް މުހިންމުތޯ  ސުވާލު ކުރުމުން އުމަރު ވިދާޅުވިއެވެ.

އުމަރު އިތުރަށް ވިދާޅުވީ ގާނޫނެއްގައި ދެ ފަރާތް އޮންނަ ކަމަށާއި އެއީ ޕޮސިޓިވް އަދި ނެގަޓިން ސައިޑުކަމަށެވެ. ޕޮސިޓިވް ސައިޑު ކިތަންމެ ގިނަ ނަމަވެސް އެންފޯސްނުކުރާ ކަމަށާއި އެކަމުގެ ސަބަބުން ނެގަޓިވް ސައިޑު އަމިއްލައަށް އެންފޯސް ކުރެވިގެން އެކަމުގެ ގޯސް ނަތީޖާތައް މުޖުތަމައުން ފެންނަމުން އަންނަކަމަށެވެ.

"ގާނޫނެއްގައި ދެ ފަރާތް އޮވޭ. އެއީ ޕޮސިޓިވް އަދި ނެގަޓިން ސައިޑު. ޕޮސިޓިވް ސައިޑު ކިތަންމެ ގިނަ ނަމަވެސް އެންފޯސްނުކުރެވޭ. ނަތީޖާއެއްގެ ގޮތުން ނެގަޓިވް ސައިޑު އަމިއްލައަށް އެންފޯސް ވެގެން އެކަމުގެ ގޯސް ނަތީޖާތައް މުޖުތަމައުން ފެންނަމުން އަންނަނީ." އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ސޯސަލް ކޮންޓްރެކްޓް ގާނޫނެއްވެސް ހެދި ދާނެ ކަމަށާއި ނަމަވެސް އޭގެން ނުކުންނާނެ ނަތީޖާއެއް ނެތްކަމަށެވެ. އަދި މިފަދަ ގާނޫނުތަކެއް ހަދައިގެން ދޮގު ނުހަދަން އެންގިދާނެ ކަމަށާއި ނަމަވެސް އެ ކަން އޮންނާނީ ތަންފީޒު ނުކުރެވި، ހަމަ ކުރިންވެސް ދެންނެތިފަދައިން ފިލާމަތީ ހިރަފުސްއަރަން ކަމަށް އުމަރު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް