ވަޒީރު މިހެން ވިދާޅުވީ އދ. އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ތެރޭގައި ބޭއްވުނު "30x30 ބިއޯންޑް" އަމާޒު ހާސިލުކުރުމަށް އަމާޒުކޮށްގެން ބޭއްވުނު ފައިނޭންސް ރައުންޑް ޓޭބަލްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މީގެއިތުރުން، މި ބައްދަލުވުމުގައި ބައިވެރިވި އެހެން ޤައުމުތަކުގެ މަންދޫބުންވެސް ވަނީ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، އެ ގައުމުތަކުގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މި ރައުންޑް ޓޭބަލްއަކީ ދުނިޔޭގެ ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޤައުމުތަކާއި ޖަމްޢިއްޔާތަކުގެ މެދުގައި މަޝްވަރާކޮށް، އެއްބާރުލުން އިތުރުކުރުމަށް ބޭއްވޭ މުހިންމު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެ، ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ދިމާވާ ގޮންޖެހުންތައް ހިއްސާކުރުމުގެ ފުރުސަތު ލިބުނެވެ.