ads
ފޮޓޯ: ރައީސް އޮފީސް
ރައީސް އަވަހާރަކޮށްލަން އިންޒާރު ދިން މައްސަލަ އިސްކަންދީގެން ބަލަންޖެހޭ: ޕީއެންސީ
ރައީސް ޑރ. މުހައްމަދު މުއިއްޒު އަވަހާރަކޮށްލަން އިންޒާރު ދިން މައްސަލަ އިސްކަން ދީގެން ބަލަން ޖެހޭނެކަަމަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއިން ބުނެފިއެވެ.
Advertisement

ޕިއެންސީން މިއަދު ނެރުނު އިއުލާނުގައި ބުނީ ރައީސް މުއިއްޒު އަަވަހާރަކޮށްލާނަަމޭ ބުނެ ސޯޝަލް މީޑިއާގައި މީހަކު އިންޒާރު ދިން މައްސަލައާމެދު އެ ޕާޓީން ނުހަނު ކަންބޮޑުވާކަމަށެވެ. އަދި ރައީސްގެ ފުރާނަފުޅަށް  ގެއްލުންވާނެ އަމަލެއް ހިންގާކަމަށް ބުނެ ދިން އިންޒާރު ޕީއެންސީން ހަރުކަށި އިބާރާތުން ކުއްވެރިކުރާކަމަށް އެ ޕާޓީން ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ރައީސްގެ ފުރާނަފުޅަށް ނުރައްކާވާނެ ފަދަ އަމަލެއް ހިންގާނެކަމަށް ވަރަށް ފާޅުގައި މީހަކު ބެނެފައިވާކަމަށް ފާހަގަކޮށް ޕީއެންސީން ވަނީ އެ މައްސަަލައަކީ ދައުލަތުގެ ތަހުގީގީ އިދާރާތަކުން އިސްކަންދީގެން ބަލަންޖެހޭ މައްސަލައެއް ގޮތުގައި ދެކޭކަމަށް ފާހަގަކޮށްފައެވެ.

"ރައީސުލްޖުމްހޫރިއްޔާއަށް މަރުގެ އިންޒާރު ދިން މައްސަލައަކީ ސީރިއަަސް މައްސަަލައެއްގޮތުގައ ބަލާ އެމައްސަލާގައި އެކަށީގެންވާ ހަލުއި ތަހުގީގެއް ހިންގުމަށް ގާނޫނު ތަންފީޒްކުރާ ތަހުގީގީ އިދާރާތަަކަށް އިލްތިމާސްކުރަން" ޕީއެންސީން ނެރުނު އިއުލާނުގައި ވެއެވެ.

 އޭގެ އިތުރުން ރައީސްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ޒިންމާއޮތް ދައުލަތުގެ އިދާރާތަކުން އެ މަސައްކަތް އެންމެ އެކަށީގެންވާގޮތަށް ކުރިއަށްގެންދާނެކަމުގެ ޔަގީންކަން އޮތްކަމަށްވެސް ޕީއެންސީން ބުނެއެވެ.

ރައީސް މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައެއް ސޯޝަލް މީޑިއާގައި ފެތުރިފައިވާއިރު ފުލުހުން ދަނީ މިވަގުތު މައްސަލަ ތަހުގީގުކުރަމުންނެވެ.

ރައީސް އަވަހާރަކޮށްލާނެ ކަމުގެ އިންޒާރުދީފައިވަނީ އދ.ގެ އާންމު މަޖިލީހުގައި ދެއްކެވި ވާހަކަފުޅު، ރައީސް އޮފީހުގެ ފޭސްބުކު ޕޭޖުން ލައިވްކޮށްފައިވަނިކޮށް، އެ ލައިވްއަށް މީހަކު ކުރި ކޮމެންޓެއްގައެވެ. އެގޮތުން އެ ކޮމެންޓުގައި ރައީސް "މަރާލާނެ" ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އޭގެ ފަހުން އޭނާ ވަނީ އަމިއްލަ އެކައުންޓުން ކުރި ޕޯސްޓްތަކެއް ގައި ފުލުހަށް ޓެގްކޮށް "މަ ހައްޔަރު ކޮށް ބަލަ" މިހެން ލިޔެފައިވެ އެވެ.

ރައީސް އަށް އިންޒާރުދިނީ އަސްލު އެކައުންޓަކުން ކަމެއް ނުވަތަ މީހެއްގެ ނަމާއި ފޮޓޯ ބޭނުންކޮށްގެން ހިންގާ ފޭކު އެކައުންޓަކުން ކަމެއް ކަށަވަރެއް ނުވެ އެވެ. އެކަމާއި ގުޅިގެން ފުލުހުން ވެސް ވަކި އެއްޗެއް ހާމަކޮށްފައެއް އަދި ނުވެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް