ads
މާލޭގައި ހިންގަމުން ދިޔަ ކެމިކަލް ގުދަން: ފައިލް ފޮޓޯ އާދިލް
ކެމިކަލް ގުދަންތައް އިންސްޕެކްޓްކުރަން އޮޕަރޭޝަނެއް ފަށަނީ
ނުރައްކާތެރި ކެމިކަލް ގެންގުޅޭ ފަރާތްތަކުން ގަވާއިދާ އެއްގޮތަށް އަމަލު ކުރޭތޯ ބަލަން، އަންނަ އޮކްޓޯބަރު 01، އިން ފެށިގެން އިންސްޕެކްޝަނެއް ކުރިއަށް ގެންދަން ޑިފެންސް މިނިސްޓްރީން ނިން،މައިފި އެވެ.
Advertisement

އެ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެކި ބޭނުންތަކަށް ރާއްޖެ އެތެރެކުރާ ނުރައްކާތެރި ކެމިކަލްތަކަށް ހުއްދަދީ، އެފަދަ ކެމިކަލްތައް ގުދަންކޮށް ރައްކާކުރުމުގެ ކަންކަން ރެގިޔުލޭޓްކުރުން މަތިކޮށްފައިވަނީ ޑިފެންސް މިނިސްޓްރީ އަށް ކަމަށެވެ.

ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ބުނިގޮތުގައި ކެމިކަލްތައް އެތެރެކުރަން ގާނޫނުގެ ތެރެއިން ހުއްދަދިން ނަމަވެސް އެތަކެތި ގެންގުޅުމާއި ގުދަން ކުރުމުގައި ބައެއް ފަރާތްތަކުން ގަވައިދާ ހިލާފުވާކަމުގެ ޝަކުވާ ލިބެ އެވެ.

އެ އޮޕަރޭޝަންގައި، ކެމިކަލް ރައްކާކުރާ ތަންތަން ބަލައިފާސްކުރުމާއި ކެމިކަލް އެތެރެކޮށް ގެންގުޅުމާއި ގުދަންކުރުމުގައި އަމަލު ކުރުމަށް ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް އާންމުން ހޭލުންތެރިކުރުމުގެ ހާއްސަ ޕްރޮގްރާމުތައް ޒޯންތަކަށް ބަހާލައިގެން ކުރިއަން ގެންދާނެކަމަށް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

"ދިވެހިރާއްޖެއަށް އެކި ބޭނުންތަކުގައި އެތެރެ ކުރެވޭ ނުރައްކާތެރި ކެމިކަލްތައް އެތެރެ ކުރުމުގެ ހުއްދަ ދިނުމާއި، އެފަދަ ކެމިކަލްތައް ގުދަންކޮށް ރައްކާ ކުރުމަކީ މި ވުޒާރާއިން ރެގިއުލޭޓްކުރާ ކަމެއް،" ޑިފެންސުން ބުންޏެވެ.

އެއްވެސް ބާވަތެއްގެ ކެމިކަލެއް މާލޭގެ އެއްވެސް ތަނެއްގައި ގުދަންކުރުމަކީ މިހާރު މަނާ ކަމެކެވެ. ކެމިކަލް ގުދަންކުރަން ސަރުކާރުން ވަނީ ހުޅުމާލެއިން ބިން ހަމަޖައްސައިދީފަ އެވެ.

މާލޭގައި ކެމިކަލް ގުދަންކުރުން މަނާކުރީ ސެޕްޓެމްބަރު 20، 2019 ގައި ހ. ތިލަފުށިގޭގައި ހުރި ކެމިކަލް ގުދަނުގައި ރޯވެ ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާއަށް ފަހު އެވެ. އެކަކު މަރުވެ ހަތަރު ސަތޭކައެއްހާ މީހުން ވަގުތީ ބޯހިޔާވަހި ކަމަށް ބަދަލުކުރަން ޖެހުނު އެ ހާދިސާގައި ކެމިކަލް ރައްކާކުރާ ހަތަރު ގުދަނަކާއި ހަ ގެއެއް އަނދައި ހުލިވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް