ads
ދަތުރުފަތުރުގެ ދާއިރާއަށް އަންހެނުން ނެރެން މިނިސްޓްރީން ކެމްޕެއިނެއް
ދަތުރުފަތުރުގެ ދާއިރާއަށް އަންހެނުން ނެރުމަށްް ބޮޑު އިސްކަމެއް ދީގެން ކެމްޕޭނެއް ކުރިއަށް ގެންދާނެކަމުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު މިހެން ވިދާޅުވީ މިއަހަރުގެ ކަނޑުދަތުރުފަތުރު ކުރުމުގެ ދުވަހާއި ގުޅިގެން ދެއްވި ހިތާބުގައެވެ. 

މިނިސްޓަރު އަމީން ވިދާޅުވީ ދިވެހިރާއްޖޭގެ އެއްމެހައި އިޤްތިސާދީ މަސައްކަތްތައް ގުޅިފައިވަނީ ކަނޑާކަމަށްް ވުމާއިއެކު ރާއްޖޭގައި ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމުގެ މުހިންމުކަން ފުރިހަމައަށް ގަބޫލުކުރާ ބަޔަކަށް ދިވެހިން ވާންޖެހޭކަމަށެވެ. 

ދަތުރުފަތުރުގެ ދާއިރާއަށް ޒުވާނުން ނުކުތުމުގެ މުހިއްމުކަން ވަރަށް ބޮޑުކަން ފާހަގަކުރައްވަމުން މިނިސްޓަރު އަމީން ވިދާޅުވީ އަންހެނުން މިދާއިރާއަށް ނުކުތުމަކީ އަންހެނުން ބާރުވެރިކުރުމަށް މުހިއްމު ކަމެއްކަމަށެެވެ. އެގޮތުން އަންހެނުން މި ދާއިރާއަށް ނެރުމަށް މަސައްކަތް ކުރައްވާކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ. 

" ގިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ބާރުއަޅަމުންދާ މިފަދަ ޒަމާނެއްގައި ކަނޑުދަތުރުފަތުރު ކުރުމުގެ އެންމެހައި ކަންކަމުގައި އަންހެނުންގެ ދައުރު ފުޅާކޮށް މިކަމަށް މަގުފަހިކުރުމަށްޓަކައި މި މިނިސްޓްރީއިން ވަރަށް ބޮޑު އިސްކަމެއް ދީ ކެމްޕޭނެއް ކުރިއަށް ގެންދާނެކަމުގައި ދަންނަވަން." ޓްރާންސްޕޯޓް މިނިސްޓަރު އަމީންގެ ހިތާބުގައި ވިދާޅުވިއެވެ.

ކަނޑުދަތުރުފަތުރު ކުރުމުގައި ރާއްޖޭގައިވެސް އެ ދާއިރާގެ ކަންތައްތައް ކުރިއަށް ގެންދާނީ ސަލާމަތާއި ރައްކާތެރިކަން ކުރިއަށް ނެރެ ހަމަ އެއާއިއެކު ރައްޔިތުންނަށް ފަސޭހަކަމާއިއެކު ދަތުރުފަތުރުގެ އެންމެހައި ކަންތައްތައް ކުރެވޭނެ ގޮތްގޮތަށް މަގުތައްކޮށައި އާރާސްތުކޮށްގެންކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ. 

" ކަނޑުމަތީގެ ދާއިރާގައި ޓެކްނޮލޮޖީގެ އިންގިލާބެއް ވަނީ އައިސްފައި. އެގޮތުން ޑިޖިޓަލައިޒޭޝަންއާއި އޮޓޮމޭޝަންގެ ރޮނގުން ބޮޑެތި ބަދަލުތަކެއް ދާއިރާއަށް އައިސްފައިވާކަން އުފަލާއިއެކު ފާހަގަކުރަން. މިކަމުގެ ސަބަބުން އާއްމު ސަލާމަތާއި ރައްކާތެރިކަން ވަރުގަދަކުރުމަށާއި މީހުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ފުރުސަތުތަކެއް ވަނީ ފަހިވެފައި." މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރުމަކީ އަދުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ގްރީންހައުސް ގޭސް މަދުކުރުމުގައި ކަނޑުދަތުރުފަތުރުގެ ދާއިރާއިން ކުރެވެން ހުރި ކަންކަން ދެނެގަނެ ޢަމަލީ ގޮތުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް