ads
ފީފާގެ ޓީމުގެ މެންބަރުންނާއެކު ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރުން
އެފްއޭއެމްގެ މާލީ އަނދަވަޅުން އަރައިގަންނަން ރޯޑްމެޕެއް
ބޮއްސުންލައި އިނދަޖެހިފައިވާ އެފްއޭއެމްގެ ދަރަނީގެ ދަންތުރައިން އަރައިގަންނަން، ރޯޑް މެޕެއް އެކުލަވައިލުމުގެ މަސައްކަތް ފަށައިފިއެވެ.
Advertisement

ރިޕޯޓްތައް ބުނާ ގޮތުން އެފްއޭއެމްގެ ދަރަނީގެ މައްސަލަތައް ހައްލުކުރާނެ ގޮތުގެ ރޯޑް މެޕެއް އެކުލަވާލުމުގެ މަސައްކަތް، ނޯމަލައިޒޭޝަން ކޮމިޓީން ކުރަމުން އަންނަނީ ފީފާގެ އެހީތެރިކަމާއެކުއެވެ. ފީފާގެ ޓީމެއް މާލެ އައިސް މަސައްކަތް ކުރަމުން އެބަދެއެވެ. މިއީ އެފްއޭއެމް އާންމު ހާލަތަކަށް ގެނައުމުގެ މަސައްކަތުގައި ނޯމަލައިޒޭޝަން ކޮމިޓީ އަށް އެހީވުމަށް، ފީފާއިން ފޮނުވި ޓީމެކެވެ. ފައިނޭންސް ދާއިރާގެ ތަޖުރިބާކާރުންނާއި އޮޑިޓަރުން ވެސް ހިމެނޭ މި ޓީމުންވަނީ ރަސްމީ ބައެއް އިދާރާތަކާ ބައްދަލު ކޮށްފަ އެވެ.

ނޯމަލައިޒޭޝަން ކޮމިޓީ އަށް ފީފާއިން ހަވާލު ކުރި މަސްއޫލިއްޔަތުތަކުގެ ތެރެއިން އެންމެ ބޮޑު މަސައްކަތަކީ އެފްއޭއެމުން ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމާއި އެ އެސޯސިއޭޝަނުގެ ދަރަނީގެ މައްސަލައަށް ހައްލެއް ހޯދުމެވެ.

ދަރަނީގެ މައްސަލަތަކުގައި އެކި ފަރާތްތަކަށް ފައިސާ ދައްކަން އެފްއޭއެމަށް ސިވިލް ކޯޓުން ވަނީ ގިނަ ހުކުމްތަކެއް ކޮށްފަ އެވެ. ނޯމަލައިޒޭޝަން ކޮމިޓީން އެންމެ ފަހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ކޮމިޓީގެ ޗެއާމަން އަހްމަދު ޒުހޫރު ވިދާޅުވީ އެފްއޭއެމްގެ ދަރަނި 85 މިލިއަން ރުފިޔާ އަށް ވުރެ މަތި ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް