މޭ 2022 ގައި ސައީދު ގެއްލިފައިވަނީ ފުވައްމުލަކު "ޓައިގާ ޝާކް" ޑައިވިން ޕޮއިންޓަށް ޑައިވަށްް ގޮސް އުޅެނިކޮށެވެ.
"ފުވައްމުލައް ޓޫޒިޒަމް އެވޯޑް 2024" ގައި ވަނީ ސައީދު ޓްއަރިޒަމް ދާއިރާއަށް ކޮށްދިން ހިދުމަތްތަކުގެ އަގުވަޒަންކޮށް އޭނާއަށް އެވޯޑް ދީފައެވެ. މި އެވޯޑާއި ހަވާލުވީ ސަައީދުގެ އަންހެން ދަރިފުޅެވެ.
ސައީދު ހޯދުމުގެ މަސައްކަތް އެމްޑީއެފުން ވަނީ ކަނޑާއި ވައިގެ މަގުން ކޮށްފައެވެ. އެހެންނަމަވެސް ސައީދުގެ ހަބަރެއް ނުވެއެވެ. ސއިދޫ މަސް ހިފަން ގެންގުޅުނު ބައެއް ތަކެތި ވަނީ އޭނާ ފޭބި ސަރަހައްދުގެ 59 މީޓަރު އަޑިން ފެނިފައެވެ
ފުވައްމުލަކުގެ ޓޫރިޒަމަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި އެރަށޫ ސިޓީ ކައުންސިލުން އިންތިޒާމުކުރި "ފުވައްމުލައް ޓޫޒިޒަމް އެވޯޑް 2024" ވަނީ އެސިޓީގައި ޓްއަރިޒަމް ދާއިރާގައި އެކި ގޮތްގޮތުން މަސައްކަތް ކުރާ ފަތާތްތަކުގެ އަގުވަޒަންކޮށް އެވޯޑް ދީފައެވެ. އޭގެތެރޭގައި އެ ސިޓީގައި ގެސްޓްހައުސް ވިޔަފާރި ކުރާ ފަރާތްތަކާއި ޑައިވް ސެންޓަރުތައް ހިންގާ ފަރާތްތައްވެސް ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ޓްއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލާއި ސިޓީތަކުގެ މޭޔަރުންވެސް ވަނީ ބައިވެރިވެޑައިގެންފައެވެ.