ads
ފުޑް ސޭފްޓީ ބޯޑަށް ފުޑް ސައިންސް މާހިރެއް ހޯދަނީ
ނޭޝަނަލް ފުޑް ސޭފްޓީ އެންޑް ކޮލިޓީ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހެލްތް މިނިސްޓްރީން ހުޅުވާލައިފިއެވެ.
Advertisement

10 މެމްބަރުން ހިމެެނޭ މި ބޯޑުން ތިން މެމްބަރަކު ހޯދުމަށްް ހެލްތް މިނިސްޓްރީން ވަނީ ހުޅުވާލާފައެެވެ. އޭއީ ބޯޑުގައި އިންނަންޖެހޭ ފުޑް ސައިންސް މާހިރާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ތަމްސީލު ކުރާ ފަރާތާއި ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ތަމްސީލު ކުރާ ފަރާތެވެ. 

މި މަގާމުތަކަށް ހުށައެޅުމުގެ ފުރުސަތު އަންނަ މަހުގެ 10 ވަނދުވަހުގެ 13:00 ހަމައަށް ވަނީ ހުޅުވާލާފައެވެ. 

ނޭޝަނަލް ފުޑް ސޭފްޓީ އެންޑް ކޮލިޓީ ބޯޑުގެ މެމްބަރުންގެ މައިގަނޑު މަސްއޫލިއްޔަތަކީ ކާބޯތަކެތީގެ ފެންވަރާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުންނާއި ކާބޯތަކެއްޗަކީ ސިއްހަތަށް ފައިދާހުރި ތަކެތި ކަމުގައި ކަށަވަރުކުރުމާ ގުޅޭގޮތުން މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީއަށް ލަފަޔާއި އިރުޝާދާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުންމެވެ. މީގެއިތުރުން ޤާނޫނު ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި އޮތޯރިޓީއަށް ލަފާދިނުމަކީވެސް މި ބޯޑުގެ މަސްއޫލިއްޔަތަކެވެ. 

ބިދޭސީން ގަވައިދާ ހިލާފަށް ކުރާ ވިޔަފާރިތައް ހުއްޓުވަން އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި ވަރަށް މުޑުދާރުކޮށް ހުންނަ ތަންތަނުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ މައްސަލަ ފެންމަތިވުމުން އަމިއްލަ ފަރާތްތަކަށް ކާބޯތަކެތީގެ ވިޔަފާރިކުރާއިރު އަމަލުކުރަން ޖެހޭ އުސޫލެއް އެމްޑީއޭއިން ވަނީ ދާދި ފަހުން އާއްމުކޮށްފައެވެ. މި އުސޫލްގައިވާ ގޮތުން އަމިއްލަ ފަރާތްތަކަށް ކާބޯތަކެތީގެ ވިޔަފާރިކުރާއިރު، ބޭސިކް ފުޑް ސޭފްޓީ ކޯހެއް ހަދަންޖެހެއެވެ. އަދި އެ ފަރާތްތަކުން ސަރުކާރުން ކަނޑައަޅާ ދަފްތަރުގައި ރަޖިސްޓްރީ ވާންޖެހެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް