މި ވޯޓާ ޕާކް ތަރައްޤީކުރަން ކައުންސިލުން ނިންމާފައިވަނީ އެރަށުގައި އައްމުކޮށް މޫދަށް އެރޭ ސަރަހައްދުގައެވެ.
ކައުންސިލުން ވަނީ މި ވޯޓާ ޕާކް ހެދުމަށް ބޭނުންވާ ސަރަައްދުގެ އީއައިއޭ ހަދާނެ ބަޔަކު ހޯދަން އިއުލާންކޮށްފައެވެ. ކަމަދޫ ކައުންސިލުން ބުނީ ބީލަން ހުށަހެޅުން އޮންނާނީ 08 އޮކްޓޯބަރ 2024 ވާ އަންގާރަ ދުވަހުގެ 13:30 ގައި އެ ކައުންސިލްގެ އިދާރާގައިކަމަށެވެ.
ކަމަދޫ ކައުންސިލުން ބުނީ މި ވޯޓާ ޕާކަކީ ކައުންސިލްގެ ބަޖެޓުންނަށް އަމިއްލަ ފަރާތްތަކުގެ އެހީގައި ތަރައްޤީ ކުރާތަނެއްކަމަށެވެ.މި ޕާކަށް ބޭނުންވާ ސާމާނު ހޯދުމަށް ކޮންޓްރެކްޓަރަކާއި ހަވާލުކޮށްފައިވާކަަމަށެވެ. އަދި އެތަކެތި 40ހަކަށް ދުވަހުގެ ތެރޭގައި ލިބޭނެކަމަށްވެސް އެ ކައުންސިލުން ބުނެއެވެ.