އެމްއެމްއޭއިން ބުނީ ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުގެ ދަށުން، ޓެކްފިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދިވެހިރާއްޖޭގައި އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ހިދުމަތާއި ރެމިޓަންސް ހިދުމަތް ދިނުމަށް ބޭނުންވާ ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް މި ވަނީ ދޫކޮށްފައިވާކަމަށެވެ.
މި ލައިސަންސް ދިނުމާ ގުޅިގެން، އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް އިން މިހާރު ދެމުން އަންނަ އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ހިދުމަތާއި ރެމިޓަންސްގެ ހިދުމަތް، އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑްގެ ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ ޓެކްފިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ދަށަށް ބަދަލުކުރެވިގެން ދާނެކަމަށް އެމްއެމްއޭއިން ބުނެއެވެ.