އިންޑިޔާއިން ތަށި ދިފާއު ކުރީ ފައިނަލުގައި ބަންގްލަދޭޝް ދެ ލަނޑު ސުން ލަނޑުން ބަލިކޮށްގެނެވެ. އެންމެ ފަހުގެ 17 އަހަރުން ދަށުގެ ޗެމްޕިއަނުންނަކީވެސް އިންޑިޔާއެވެ. އެ ފަހަރުވެސް މުބާރާތް ނެގީ ބަންގްލަދޭޝް ބަލިކޮށްގެނެވެ.
ސާފްގެ ފައިނަލްުގައި ކުޅުނު މި ދެ ޓީމަކީ މި އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭއާ އެއް ގްރޫޕެއްގައި ހިމެނުނު ދެ ޓީމެވެ. އިންޑިޔާ އަތުން ރާއްޖެ ގްރޫޕް ސްޓޭޖުގައި ބަލިވިއިރު، ބަންގްލަދޭޝްއާ ރާއްޖެވީ އެއްވަރެވެ.
އިންޑިޔާ ފައިނަލަށް ދިޔައީ ސެމީގައި ނޭޕާލް ބަލިކޮށްގެނެވެ. އަދި ބަންގްލަދޭޝް ފައިނަލަށް ދިޔައީ ސެމީގައި ޕާކިސްތާނު ބަލިކޮށްގެނެވެ.
ސާފް 17 އަހަރުން ދަށުގެ މުބާރާތް އޮތީ ބޫޓާނުގައެވެ.