މީގެއިތުރުން ޑިޕްލޮމެޓިކް ގުޅުންތަކާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާތަކާއި އާދަކާދަތަކާއި އެއްގޮތްވާ ގޮތުގެ މަތިން ޑިޕްލޮމެޓިމް މިޝަންތަކުގެ ރައްކާތެރިކަން ދަމަހައްޓާ ޔަގީންކުރަންވެސް ދިވެހި ސަރުކާރުން ވަނީ ގޮވައިލާފައެވެ. އަދި މި ވަގުތު ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ޔޫއޭއީގެ ސަރުކާރާއި ރައްޔިތުންނާ އެކުގައި ކަމަށްވެސް ދިވެހި ހާރޖިއްޔާއިން ނެރުނު ބަޔާނުގައިވެއެވެ.
ހަބަރުތައް ބުނާ ގޮތުން ހަރްތޫމްގައި ހުންނަ ސައުދީ ސަފީރުގެ ގެކޮޅަށް ހަމަލާދީނީ ސޫދާނުގެ އަސްކަރީ މަތިންދާބޯޓަކުންނެވެ. އެހެންނަމަވެސް ސޫދާނުގެ ހާރިޖީ ވުޒާރާއިން ބުނީ އެއީ އެގައުމުގެ އަސްކަރިންޔާއިން ދިން ހަމަލާއެއް ނޫންކަމަށެވެ. އެ ހަމަލާދިނީ އެ ގައުމުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާއަތެއްކަމަށްވާ ރެޕިޑް ސަޕޯޓް ފޯސެސް (އާރުއެސްއެފް) އިން ކަމަށެވެ.