ads
މީރާ އޮފީސް
އިންކަމް ޓެކްސް ބަޔާން ހުށަނާޅާ ވިޔަފާރިތަކުގެ ނަންތައް އާއްމުކޮށްފި
އިންކަމް ޓެކްސް ބަޔާން ހުށައަޅާފައިނުވާ ބޮޑެތި ޓެކްސް ދައްކާ ފަރާތްތަކުގެ ނަންތައް މީރާއިން އާއްމުކޮށްފިއެވެ.
Advertisement

މީރާއިން ބުނީ އިންކަމް ޓެކްސް ބަޔާން ހުށައަޅާފައިނުވާ ބޮޑެތި ޓެކްސް ދައްކާ ފަރާތްތަކުގެ ނަންތައް އާއްމުކުރީ ޓެކްސް ބަޔާން ހުށަނާޅާ  އަދި ފައިސާ ނުދައްކާ ފަރާތްޔަލުގެ ނަން ހާމަކުރުމަށް އޮންނަ އުސޫލުގެ ދަށުން ކަމަށެވެ. 

މީރާއިން އާއްމުކުރި ލިސްޓުގައި ބޮޑެތި ޓެކްސް ދައްކާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ  43 ވިޔަފާރިއެއް ގެ ނަން ހިމެނެއެވެ. 

މީރާއިން އާއްމުކުރި ލިސްޓުގައި ރާއްޖޭގެ ބޮޑެތި ކުންފުނިތަކާއި ރާއްޖޭގައި އެކި މަޝްރޫއުތައް ހިންގަމުން އަންނަ ބޭރުގެ ކުންފުނިތައްވެސް ހިމެނެއެވެ. އޭގެތެރޭގައި ޗައިނާގެ ޗައިނާ އިންޖިނިއަރުން ކޯޕަރޭޝަނާއި ސައުދީ ބިން ލާދިން ގްރޫޕްވެސް ހިމެނެއެވެ. 

މިރާއިން ބުނީ ބޮޑެތި ޓެކްސް ދައްކާ ފަރާތްތަކުގެ ގޮތުގައި ގިންތިކޮށްފައިވާ ވިޔަފާރިތަތަކީ އަހަރެއްގެ ތެރޭގައި އެ ފަރާތުގެ ޖުމްލަ އާމްދަނީ 200 މިލިއަން ރުފިޔާއަސް ނުވަތަ އެއަށްވުރެ އިތުރުވާ ފަރާތްތަކާއި އެފަރާތްތަކާއި ގުޅުން އޮންނަ ވިޔަފާރިތައްކަމަށެވެ. މީރާއިން ބުނީ މިދިޔަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިއަކީ މި އަހަރުގެ ޖޫން 30 ވަނަ ދުވަސްކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް