ads
ކެމިކަލް ގުދަނެއްގެ އިންސްޕެކްޝަން
ކެމިކަލް ގުދަންތައް އިންސްޕެކްޓް ކުރުމުގެ އޮޕަރޭޝަން މިއަދު ފަށައިފި
ކެމިކަލް ގުދަންތައް އިންސްޕެކްޓް ކުރުމުގެ އޮޕަރޭޝަން ޑިފެންސް މިނިސްޓްރީން މިއަދު ފަށައިފިއެވެ.
Advertisement

ނުރައްކާތެރި ކެމިކަލް ގެންގުޅޭ ފަރާތްތަކުން ގަވާއިދާ އެއްގޮތަށް އަމަލު ކުރޭތޯ ބަލަން މިއަދުން ފެށިގެން އިންސްޕެކަޝަނެއް ފަށާނެކަމަށް ޑިފެންސް މިނިސްޓްރީން އިއުލާންކުރީ މިދިޔަ ހޮނިހިރު ދުވަހުގައެވެ.

މިނިސްޓްރީން ހޮނިހިރު ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެކި ބޭނުންތަކަށް ރާއްޖެ އެތެރެކުރާ ނުރައްކާތެރި ކެމިކަލްތަކަށް ހުއްދަދީ، އެފަދަ ކެމިކަލްތައް ގުދަންކޮށް ރައްކާކުރުމުގެ ކަންކަން ރެގިޔުލޭޓްކުރުން މަތިކޮށްފައިވަނީ ޑިފެންސް މިނިސްޓްރީ އަށް ކަމަށެވެ.

ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ބުނިގޮތުގައި ކެމިކަލްތައް އެތެރެކުރަން ގާނޫނުގެ ތެރެއިން ހުއްދަދިން ނަމަ ވެސް އެތަކެތި ގެންގުޅުމާއި ގުދަން ކުރުމުގައި ބައެއް ފަރާތްތަކުން ގަވައިދާ ހިލާފުވާކަމުގެ ޝަކުވާ ލިބެއެވެ. އެގޮތުން މިއަދު ފެށި އެ އޮޕަރޭޝަންގައި، ކެމިކަލް ރައްކާކުރާ ތަންތަން ބަލައިފާސްކުރުމާއި ކެމިކަލް އެތެރެކޮށް ގެންގުޅުމާއި ގުދަންކުރުމުގައި އަމަލު ކުރުމަށް ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް އާންމުން ހޭލުންތެރިކުރުމުގެ ހާއްސަ ޕްރޮގްރާމުތައް ޒޯންތަކަށް ބަހާލައިގެން ކުރިއަން ގެންދާނެކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މާލޭގައި ކެމިކަލް ގުދަންކުރުން މަނާކުރީ ސެޕްޓެމްބަރު 20، 2019 ގައި ހ. ތިލަފުށިގޭގައި ހުރި ކެމިކަލް ގުދަނުގައި ރޯވެ ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާއަށް ފަހު އެވެ. އެކަކު މަރުވެ ހަތަރު ސަތޭކައެއްހާ މީހުން ވަގުތީ ބޯހިޔާވަހި ކަމަށް ބަދަލުކުރަން ޖެހުނު އެ ހާދިސާގައި ކެމިކަލް ރައްކާކުރާ ހަތަރު ގުދަނަކާއި ހަ ގެއެއް އަނދައި ހުލިވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް