އާސެނަލްގެ ފޯވާޑް ބުކާޔޯ ސަކާ ބުނީ "މިއީ އަހަރު" ގަނާސް އިން ޕްރިމިއާ ލީގު ޗެމްޕިއަންކަން ހޯދުމަށް ކުރި 21 އަހަރުގެ އިންތިޒާރު ނިންމާލާނެ ކަމަށެވެ.
މިކެލް އާޓެޓާގެ ޓީމު ފާއިތުވި ދެ ސީޒަންވެސް ނިންމާލީ މެންޗެސްޓާ ސިޓީގެ ފަހަތުން ދެވަނައިގަ އޮވެއެވެ. 2004 ވަނަ އަހަރުގެ ފަހުން އެ ޓީމަށް އަދި ލީގު ލިބޭ ގޮތެއް ނުވެއެވެ. އެޓީމު މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައި ދެ ވަނައިގައި އޮތް ސިޓީއާ ޕޮއިންޓް އެއްވަރުވެ، ހަ މެޗަށް ފަހު އެއްވަނައިގައި އޮތް ލިވަޕޫލަށްވުރެ ޕޮއިންޓެއް ފަހަތުންނެވެ.
"އަހަރެން ބޭނުމެއް ނޫން އަހަރެމެންނަށް މާ ބޮޑު ޕްރެޝަރެއް ދޭކަށް އެކަމަކު އަހަރެންނަށް ހީވަނީ މިއީ [އާސެނަލް ޗެމްޕިއަންކަން ހޯދާ] އަހަރު ކަމަށް،" ސީބީއެސް ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ސަކާ ބުންޏެވެ.