ads
ހައްޖުވެރިން އަންނަން ފަށާނީ ހަތަރު ގްރޫޕަކަށް ބަހާލައިގެން. ފުރަތަމަ ގްރޫޕް އަންނާނީ އަންނަ ހޯމަ ދުވަހު
ދިވެހިން ހައްޖައް ގެންގޮސްދޭ އަގު ކުޑަކުރުމުގެ މަސައްކަތް ފަށައިފި
ހައްޖު ކޯޕަރޭޝަނުގެ އާމްދަނީ އިތުރުކޮށް، ހައްޖުގެ އަގު ކުޑަކުރުމަށް އެ ކުންފުނިން މަސައްކަތް ފަށައިފިއެވެ.
Advertisement

ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި ރައްޔިތުނަށް ކޯޕަރޭޝަނުގެ ހާލަތު އޮޅުން ފިލުވައިދެއްވަމުން، މިކަން ހާމަކުރެއްވީ ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލްއެވެ.

ޝަކީލް ވިދާޅުވި ގޮތުގައި މިދިޔަ 11 އަހަރު ވަންދެން ހައްޖު ކޯޕަރޭޝަން ހިންގާފައިވަނީ އަހަރަކު 30 އިން 40 މިލިއަން ރުފިޔާގެ ގެއްލުމުގައެވެ. ނަމަވެސް މިހާރު އެ ކުންފުނި ހަރުދަނާކޮށް، އާމްދަނީ އިތުރުކުރުމަށް އައު މަސައްކަތްތަކެއް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ގޮތުން ހައްޖު ކޯޕަރޭޝަނުން ރިއަލް އެސްޓޭޓް ދާއިރާއަށް ވަދެ، ހުޅުމާލޭގައި ހައުސިން މަޝްރޫއެއް ފަށާފައިވެއެވެ. މީގެ އިތުރުން ހުޅުމާލޭގައި 9 ބުރީގެ އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް ޝަކީލް ވިދާޅުވިއެވެ. 

"މި މަސައްކަތްތަކުގެ ސަބަބުން ކުންފުނީގެ އާމްދަނީ އިތުރުވެ، ހައްޖުގެ އަގު ކުޑަކުރެވޭނެ،" ކަމަށް އޭނާ އުންމީދު ކުރައްވައެވެ.

ޝަކީލް ވިދާޅުވި ގޮތުގައި ހައްޖު ކޯޕަރޭޝަން އުފެއްދި މަގުސަދަކީ ހެޔޮ އަގެއްގައި މީހުން ހައްޖަށް ގެންދިއުމާއި، ހައްޖަށް ދިއުމަށް ރައްޔިތުން ޖަމާކުރާ ފައިސާއިން އާމްދަނީ ލިބޭނެ ގޮތްތަކެއް ހޯދުމެވެ. އެހެންކަމުން، ކުރިއަށް އޮތް ތަނުގައި އިސްލާމިކް ޓޫރިޒަމް ފަދަ އިތުރު ދާއިރާތަކަށް ވެސް ވަދެ، އާމްދަނީ އިތުރުކުރުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް