ads
ބިދޭސީންތަކެއް
ބީދޭސީއަކު ގެއްލިގެން ރިޕޯޓްކުރާ ކޮންމެ ފަހަރަކު 1000ރުފިޔާ ނަގަނީ
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީއަކު ގެއްލިގެން ގެއްލިއްޖެނަމަ ސިސްޓަމްގެ ތެރެއިން ކުރާ ކޮންމެ "ވާކް ޕާމިޓް ރިކުއެސްޓް" އަކަށް 1000ރ. ގެ ފީއެއް ނަގަން ހޯމް މިނިސްޓަރީން ނިންމައިފިއެވެ.
Advertisement

ހޯމް މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތެއް ފިލައިފިނަމަ ނުވަތަ ގެއްލިއްޖެނަމަ ޢަމަލުކުރާނެ ގޮތުގެ އުސޫލަށް މިމަހުގެ 06 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެކަމަށެވެ. 

މިގޮތުން ވަޒީފާ އަދާކުރާ ބިދޭސީއެއް ގެއްލިއްޖެނަމަ މިސިން ރިޕޯޓުކުރާ ކޮންމެ ރިކުއެސްޓަކަށް، މިސިން ރިޕޯޓިން ފީގެ ގޮތުގައި 1،000 ރުފިޔާގެ ސާވިސް ފީއެއް ނަގާނެކަމަށެވެ. 

ވަޒީފާދޭ ފަރާތުގެ އިހުމާލުން ވާކް ޕާމިޓް ހުއްދައިގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއަކު ފިލައިފިނަމަ ނުވަތަ ގެއްލިއްޖެނަމަ  2،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާކުރެވޭނެކަމަށް ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާންގައިވެއެވެ. 

ވަޒީފާދޭ ފަރާތުގެ އިހުމާލުން ވާކް ޕާމިޓް ހުއްދައިގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއަކު ފިލައިފިނަމަ ނުވަތަ ގެއްލިއްޖެނަމަ  2،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާކުރެވޭނެކަމަށް ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާންގައިވެއެވެ.


މީގެއިތުރުން ވާކް ޕާމިޓް މިސިން ވިތްޑްރޯވަލް ސާވިސް ފީ 10،000.00 ރުފިޔާ ނަގާނެކަމަށްވެސް ހޯމް މިނިސްޓްރީން ބުނެއެވެ.

އެކްސްޕެޓް ސިސްޓަމުގައި މިސިން ރިޕޯޓު ކޮށްފައިވާ ބިދޭސީއެއްގެ މިސިން ރިޕޯޓު އަނބުރާ ގެންދިއުމަށް ވަޒީފާދޭ ފަރާތުން ބޭނުންވާނަމަ މިމަހުގެ  06 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ މިސިން ރިކުއެސްޓް އަނބުރާ ގެންދަންވާނެކަމަށްވެސް ހޯމް މިނިސްޓްރީން ބުނެއެވެ.

" މި މުއްދަތު ހަމަވުމަށްފަހު، މިސިން ރިޕޯޓު ރިކުއެސްޓެއް އަނބުރާ ގެންދިއުމަށް ވަޒީފާދޭ ފަރާތުން ހުށަހަޅައިފިނަމަ، މިސިން ރިކުއެސްޓް ވިތްޑްރޯވަލް ފީގެ ގޮތުގައި 10،000 ރުފިޔާގެ ސާވިސް ފީއެއް ނެގޭނެ ކަމުގައި ދަންނަވަން. " ހޯމް މިނިސްޓްރީން މިއަދު ނެރުނު އިއުލާންގައިވެއެވެ.

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތެއް ފިލައިގެން ނުވަތަ ގެއްލިގެން މިސިން ރިޕޯޓުކުރުމުގެ އައު ޕްރޮސެސްއާއި މިސިން ރިޕޯޓުކޮށްފައިވާ ރިކުއެސްޓް އެކްސްޕެޓެއް ސިސްޓަމް މެދުވެރިކޮށް އަނބުރާ ގެންދިއުމަށް އެދި ހުށަހަޅާނެ ގޮތުގެ ޕްރޮސެސްގެ ގައިޑް "ވާކް ޕާމިޓް މިސިން ޔޫޒާ ގައިޑް" އަދި "ވާކް ޕާމިޓް މިސިން ވިތްޑްރޯވަލް ޔޫޒާ ގައިޑް" އެކްސްޕެޓް ސިސްޓަމްގެ "ހޯމް ޕޭޖް" މިމަހުގެ 06 ވަނަ ދުވަހުން ފެށިގެން ލިބޭނެކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް