ads
އެކި ގައުމުތަކަށްް ޑުރަގު އުފުލާ މެލޭޝިޔާ ދެމީހުން
ޑުރަގު މައްސަލައިގައި ހައްޔަރު ކުރި މެލޭ ދެމީހުން ވާނުވާއަށް
ދުނިޔޭގެ އެކި ގައުމުތަކަށް ޑުރަގު ގެންގޮސްދިނުމުގައި އިސްކޮށް އުޅޭ މެލޭޝީޔާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
Advertisement

މިއަހަރުގެ ޖުލައިމަހު ރާއްޖެއަށް ޑްރަގު އެތެރެކުރަނިކޮށް ހައްޔަރުކުރި ދެމީހުންނަކީ ދުނިޔޭގެ އެކި ގައުމުތަކަށް ޑުރަގު ގެންގޮސްދިނުމުގައި އިސްކޮށް އުޅޭ ދެމީހުންކަމަށް ފުލުހުންވަނީ ބުނެފައެވެ. މެލޭޝިޔާއަށް ނިސްބަތްވާ އެ ދެ މީހުންނަކީ އެން ޖީ ތަމް ލިޕް ނަމަކަށް ކިޔާ 44 އަހަރުގެ މީހަކާ، ކޯ ޚުއާން ބޫން ކިޔާ އުމުރުން 41 އަހަރުގެ މީހެކެވެ. 

ފުލުހުން ބުނީ މި ދެމީހުންނަކީ ދުނިޔޭގެ އެކި ގައުމުތަކަށް ޑުރަގު ގެންގޮސްދިނުމުގައި އިސްކޮށް އުޅޭ ދެމީހުންކަމަށާއި އެމީހުން ރާއްޖެއަށް އެތަކެތި ގެނައީ ރާއްޖެ މަގުން އިނގިރޭސިވިލާތަށް ގެންދިޔުމަށްކަމަށެވެ.

ޑްރަގާއި ހަވާލުވާން އައި މީހާ އަދި ޑްރަގު ގެނައި މީހާ ރާއްޖޭގައި މަޑުކުރަން ރިޒަވޭޝަން ހައްދާފައި ވަނީ އެއް ހޮޓަލެއްގައިކަމަށްވެސް ފުލުހުން ބުނެ އެވެ.

" މި ކޭސްގައި މަސްތުވާތަކެތީގެ ބަރުދަނުގައި 13.5 ކިލޯގެ ކެނަބިސް ހުރިކަން ފާހަގަކޮށްލަން، މި މައްސަލައިގައި ތަހުގީގުން އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ މި ދެ މީހުންނަކީ ވެސް ހާއްސަކޮށް ދުނިޔޭގެ އެކި ގައުމުތަކަށް މަސްތުވާތަކެތި ފޯރުކޮށްދިނުމުގައި އިސްކޮށް އުޅޭ ބަޔެއްކަން" ފުލުހުން ބުނެ އެވެ.

މި ދެމީހުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރީ އެތަކެތި އިނގިރޭސިވިލާތައް ގެންދިޔުމަށް ޕެކިން ބަދަލުކުރުމަށްކަމަށް ފުލުހުން ބުނެއެވެ. އަދި މީ ވަރަށް ގިނަ މީހުން ވަޓްސް އަޕުން ވާހަކަދައްކައިގެން އޮޕަރޭޓް ކުރާ ނެޓްވޯކެއްކަމަށްވެސް ފުލުހުން ބުނެ އެވެ. އެހެންކަމުން މި މައްސަލަ ތަހުގީގުކުރަމުން އަންނަނީ އެހެން ގައުމަތަކާއި ވާހަކަ ދައްކާ އިންޓަޕޯލާއިވެސް ގުޅިގެންކަންވެސް ފުލުހުން ފާހަގަކުރި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް