ads
ކެމިކަލް ގުދަންތައް ބަލަން ހިންގާ އޮޕަރޭޝަންގެ ތެރެއިން
ނުރައްކާތެރި ކެމިކަލް ހުރި 31 ގުދަން މާލޭގައި
ނުރައްކާތެރި ކެމިކަލް ގުދަންކުރާ 31 ގުދަނެއް ވެރިރަށް މާލޭގައި އެބަހުރިކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
Advertisement

ނުރައްކާތެރި ކެމިކަލާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހުރިތޯ ބެލުމަށް ޑިފެންސް މިނިސްޓްރީން ވަނީ "އޮޕަރޭޝަން ހިރާސް ފާސް" ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. 

ޑިފެންސް މިނިސްޓްރީން ބުނީ މި އޮޕަރޭޝަންގެ ފުރަތަމަ ތިން ދުވަހުގެ މަތިން، އިންސްޕެކްޝަން ޓީމްތަކުން ވަނީ، މީހުން ދިރިއުޅޭ 347 އިމާރާތެއް ބަލާފައިވާކަމަށެވެ. އަދި ނުރައްކާތެރި ކެމިކަލް ގުދަންކުރާ 31 ގުދަނާ އަދި ކެމިކަލް ވިއްކާ 24 ފިހާރަ ބަލައި މަޢުލޫމާތު އެއްކޮށްފައިވާކަމަށްވެސް ޑިފެންސް މިނިސްޓްރީން ބުނެއެވެ. 

މިމަހުގެ އެއްވަނަދުވަހުނެ ފެށިގެން 15 އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި އޮޕަރޭޝަންގައި ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހިންގަނީ ގަވާއިދާ އެއްގޮތަށްތޯ ބަލާނެކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މީގެއިތުރުން ގްރޭޓަރ މާލެ އޭރިއާގައި ފަސޭހައިން އަލިފާންރޯވާ ފަދަ ތަންތަނާއި އެ ތަންތަނުގައި ހުރި ހިރާސްތައް ވެސް މި އޮޕަރޭޝަންގެ ތެރެއިން ދެނެގަންނާނެކަމަށްވެސް ޑިފެންސް މިނިސްޓްރީން ބުނެއެވެ. 

your imageމާލޭގައި ހުރި ކެމިކަލް ގުދަންތައް ބަލަން ހިންގާ އޮޕަރޭޝަންގެ ތެރެއިން 

މާލޭގައި ކެމިކަލް ގުދަންކުރުން ސަރުކާރުން މަނާކުރީ 2019 ވަނަ އަަހަރުގެ ސެޕްޓެމްބަރު 20ގައި ހ. ތިލަފުށިގޭގައި ހުރި ކެމިކަލް ގުދަނުގައި ރޯވެ ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާ އަށް ފަހުއެވެ. އެ ހާދިސާގައި އެކަކު މަރުވެ، 400 ސަތޭކައެއްހާ  މީހުން ވަގުތީ ބޯހިޔާވަހި ކަމަށް ބަދަލުކުރަން ޖެހުނެވެ. އަދި އެ ހާދިސާގައި ކެމިކަލް ރައްކާކުރާ ހަތަރު ގުދަނަކާއި ހަ ގެއެއް އަނދައި ހުލިވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް