މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ކުޅިވަރު ވަޒީރު އަބްދުﷲ ރާފިއު (ރާއްޕެ) އެވެ. ސައުދީ އަރަބިއްޔާގެ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ، ސްޕޯޓްސް މިނިސްޓަރު، ޕްރިންސް އަބްދުލް އަޒީޒް ބިން ތުރުކީ އަލް ފައިސަލް އެވެ. ސޮއިކުރުން އޮތީ ސައުދީ އަރަބިއްޔާގެ ރިޔާދުގައެވެ.
މީގެ ކުރިން ވެސް ސައުދީ އަރަބިއްޔާ އިން ވަނީ ރާއްޖޭގެ ކުޅިވަރަށް ފުރުސަތުތަކެއް ތަނަވަސްކޮށްދީފަ އެވެ. ސްޕޯޓްސް މިނިސްޓަރު ރާފިއު އަންނަނީ އެކި ގައުމުތަކުން ރާއްޖޭގެ ކުޅިވަރަށް ފުރުސަތު ހޯދައިދޭން މަސައްކަތް ކުރައްވަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;